

ޏ ފުވައްމުލަކުގައި ހުންނަ ޔޫރޯ ސްޓޯރު ފަޅާލައި 130 އަށްވުގެ ގިނަ ކޭސް ސިނގިރޭޓް ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ ޔޫރޯ ސްޓޯރުގެ ގުދަނުން ވަގަށް ނަގާފައި ވަނީ 130 ކޭސް ސިނގިރޭޓު ކަމަށެވެ.
މި މައްސަލައިގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ގިނަ އަދަދެއްގެ ސިނގިރޭޓު ކޭސްތަކެއް ވަގަށް ނަގާފައި މި ވަނީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ދުންފަތުން ނަގާ ޓެކްސް ބޮޑު ކުރިފަހުން ސިނގިރޭޓުގެ އަގު ވަރަށް ބޮޑަށް މަތިވެފައި އޮއްވަ އެވެ.