March 10, 2026
Advertisement
ދިރާގާއި މަމްސް އެއިޑަށް ނިސްބަތްވާ ބޭފުޅުން
ދިރާގާއި މަމްސް އެއިޑަށް ނިސްބަތްވާ ބޭފުޅުން / ދިރާގު

ރަމަޟާން އެއިޑް ކެމްޕެއިންގެ ދަށުން 100 އާއިލާއަަކަށް އެހީ ދޭން ދިރާގުން ނިންމައިފި

Hussain Nawaf
ހުސައިން ނަވާފް
Feb 18, 2025, 09:24 PM

ދިރާގުން މަމްސް އެއިޑާ ގުޅިގެން ރަމަޟާން އެއިޑް ކެމްޕެއިންގެ ދަށުން 100 އާއިލާއަަކަށް އެހީ ދޭން ނިންމައިފިއެވެ.

Advertisement

ރަމަޟާން އެއިޑް ކެމްޕެއިނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީއަށް ބޭނުންވާ އާއިލާތަކަށް އެހީ ދިނުމަށް ކުރިއަށްގެންދާ މުހިންމު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު އާންމުންނަށްވެސް ހުޅުވާލާފައިވާނެކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

މި ޕްރޮގުރާމުގެ މަގުސަދަކީ މަމްސް އެއިޑް ކެއާ ލިސްޓުގައި ހިމެނޭ އެކަނިވެރި މައިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މައިންނާއި ކުދިންނަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ހިމެނޭ ކެއާ ޕެކޭޖުތައް ފޯރުކޮށްދިނުމެވެ.

މިދިޔަ އަހަރު ވެސް ދިރާގާ މަމްސް އެއިޑު ގުޅިގެން ވަނީ ރަމަޟާން މަހު އެހީ ބޭނުންވެފައިވާ 100 އާއިލާއަކަށް އެހީ ވެފައިކަން ފާހަގަކޮށްލެވެއެވެ.

މަމްސް އެއިޑަކީ އަންހެނުންނާއި މަންމައިން ބާރުވެރިކުރުވައި އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި މަސައްކަތްކުރާ ޖަމިއްޔާއެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved