April 20, 2026
Advertisement
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު / ރައީސް އޮފިސް

އަދަދު ނޫހުގެ ހަބަރެއް ދޮގުކޮށް އެ މައްސަލަ އެމްއެމްސީއަށް

Hussain Nawaf
ހުސައިން ނަވާފް
Feb 20, 2025, 12:30 AM

ދައުލަތުން ހިންގާ މީޑިއާތަކަށް ބިރުދެއްކުމުގެ ސިލްސިލާގެ ތެރެއިން އަދަދު ނޫހުން ޝާއިރު ކޮށްފައިވާ ހަބަރެއް ދޮގުކޮށް އެ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހަޅާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

Advertisement

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ބޭއްވި ކަމަށް އަދަދު ނޫހުންވަނީ ރިޕޯޓްކޮށްފައެވެ.

އެ ހަބަރަށް ރައްދު ދެއްވާ ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ހަބަރުގައި ހުރި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި އެއްވެސް ސައްހަ ކަމެއް ނެތް މިފަދަ ދޮގު މައުލޫމާތެއް، ރައްޔިތުންނަށް އޮޅޭ ގޮތަށް ގެނެސްދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމާއި އެ މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާނެކަމަށް އެކަމަނާވަނީ ފާހަގަ ކުރައްވާފައެވެ.

ދައުލަތުން ދަނީ އިދިކޮޅު އޮންލައިންތަކާއި ޓީވީ ސްޓޭޝަންތަކަށް އެކި ނަންނަމުގައި ޖެއްސުން ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ރާއްޖެ ޓީވީން ގެނެސްދިން ފުދިއްޖޭ ފުނޑިއްޖެއޭ ލަވަ އާއި ގުޅިގެންނާއި ޗެނަލް 13 އިން ގެނެސްދިން ބެލްކަނި ޑޮކިއުމެންޓްރީގެ މައްސަލަ އޮތީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved