March 21, 2026
Advertisement
މަޖިލިސް ރައީސްގެ ކާރު ރައީސް އޮފީސް ދޮރުމަތީގައި.
މަޖިލިސް ރައީސްގެ ކާރު ރައީސް އޮފީސް ދޮރުމަތީގައި. / އަދަދު

އަބްދުއްރަހީމު ރައީސް އޮފީހަށް ހާޒިރުކޮށްފި

Feb 20, 2025, 06:10 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒާ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައި މަޖިލިސް ރައީސް އަބްދުއްރަހީމު އަބްދުﷲ ރައީސް އޮފީހަށް ހާޒިރުކޮށްފިއެވެ.

Advertisement

މައުލޫމާތު ލިބިފައިވަ ގޮތުގައި އަބްދުއްރަހީމު ރައީސް އޮފީހަށް ހާޒިރުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގައެވެ. އެގޮތުން މަޖިލިސް ރައީސްގެ ކާރުކޮޅު ރައީސް އޮފީހުގެ ދޮރުން ވަންނަ މަންޒަރު ފެންނަ ފޮޓޯއެއް ވަނީ މިސް މީޑީޔާގައި ދައުރުވެފައެވެ.

އަބްދުއްރަހީމު ރައީސް އޮފީހަށް ހާޒިރުކޮށްފައިވަނީ ކޮން ބޭނުމެއްގައި ކަމެއް ނުވަތަ ރައީސް މުއިއްޒުއާ އަބްދުއްރަހީމުއާ ދެމެދު ކުރިއަށް ދިޔަ ބައްދަލުވުމުގެ ތަފްސީލެއް އަދި ލިބިފައިނުވެއެވެ.

އަބްދުއްރަހީމު ރައީސް އޮފީހަށް ހާޒިރުކޮށްފައި މިވަނީ ރައީސް މުއިއްޒާ އޭނާއާ ދެމެދު ވަރަށް ގުޅުން ގޯސްވެ ދެ ބޭފުޅުންގެ ދެމެދުގައި މަޝްވަރާތައްވެސް ހުއްޓާލާފައިވާ ކަމަށް އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

އަބްދުއްރަހީމާ ރައީސް މުއިއްޒާ ގުޅުން އެންމެ ގޯސްވެގެން ގޮސްފައިވަނީ އަބްދުއްރަހީމުގެ ދަރިފުޅު އިބްރާހިމު ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރި ހިސާބުން ކަމަށްވެއެވެ.

އެދުވަހި އަބްދުއްރަހީމު މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ މީޑިޔާއަކަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ކުރިން އޮތް ގާތް ގުޅުން އެ ދެމެދުގައި އޮތްނަމަ ފައިސަލް ވަިކުރުމުގެ ކުރިން މަޝްވަރާއެއް ވެސް ރައީސް މުއިއްޒު ކުރެއްވީސް ކަމަށެވެ.

ރައީސް މުއިއްޒު ވަނީ ޕީއެންސީ ހިންގުމުގެ ބާރުތައްވެސް އަބްދުއްރަހީމު އަތުން ނަގާ ޕާޓީއިން ވެސް އެއް ފަރާތްކޮށްފައިކަމަށް ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved