ޕޮލްކޯ ފްލެޓު / މިހާރު
ހަބަރު
ބްލޫސް ހައުސިންގ ޕްރޮޖެކްޓު: މަސައްކަތަށް ގެނައި ވެހިކަލްތަކުގެ ތަފްސީލު ހިއްސާކުރަން މަޖިލީހުން އެދެފި
Hussain Nawaf
ހުސައިން ނަވާފް
20 ފެބްރުއަރީ 2025

ބްލޫސް ހައުސިންގ ޕްރޮޖެކްޓުގެ މަސައްކަތަށް ގެނައި ވެހިކަލްތަކުގެ ތަފްސީލު ހިއްސާކުރަން މަޖިލީހުން އެދިއްޖެއެވެ.

މަޖިލީހުން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް މަޖިލީހުން މިދިޔަ އަންގާރަ ދުވަހުވަނީ ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީގައި ބްލޫސް ހައުސިން ޕްރޮޖެކްޓުގެ މަސައްކަތްތަކަށް 2014-2017 އަށް ރާއްޖެއަށް އެތެރެކުރި އުޅަނދުތަކެއްގެ މައުލޫމާތުތައް، އަންނަ އަންގާރަ ދުވަހުގެ ކުރިން ހިއްސާކުރަން އެދިފައިވެއެވެ.

އެއީ 2014 ވަނަ އަހަރު އެތެރެކުރި ކްރޭނަކާއި ދެ ވައްތަރެއްގެ ދެ ވޭނަކާއި ޖެހިގެން އައި އަހަރު އެތެރެކުރި ދެ ސައިކަލު އަދި 2016 ވަނަ އަހަރު ގެނައި ކާރުގެ ތަފްސީލުގެ އިތުރުން 2017 ވަނަ އަހަރު އެތެރެކުރި ސައިކަލަކާއި ތިން ޓަވަރު ކްރޭން އަދި 14 ކްރޭން ލޮރީގެ މައުލޫމާތުތައް ވެސް ހޯދަން އެދިފައިވެ އެވެ.

އެގޮތުން އެ އުޅަނދުތައް ރާއްޖެއަށް އެތެރެކޮށްފައިވާ ބޭނުމާއި އެ އުޅަނދުތައް ރަޖިސްޓްރީކޮށްފައިވާ ފަރާތް އަދި އެ އުޅަނދުތަކުގެ ތެރެއިން އެއްވެސް އުޅަނދެއް ފުލުހުންގެ އިދާރާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ނަމަ އެ އުޅަނދުތަކުގެ ތަފްސީލުވެސް ހާމަކޮށްދިނުމަށް މަޖިލީހުންވެސް އެދިފައެވެ. އަދި އެ އުޅަނދުތަކުގެ ރަޖިސްޓްރީ ކޮޕީތައް ފޮނުވައިދިނުމަށްވެސްވަނީ އެދިފައެވެ.


ބްލޫސް ހައުސިންގ ގެ ނަމުގައި ޕޮލްކޯ އިން ނޫމަޑި ކުންފުންޏާ ހަވާލުކޮށްގެން 2013 ވަނަ އަހަރު ކުރިއަށްގެންދިޔަ 13 ބުރީގެ ތިން ޓަވަރުގެ މަސައްކަތް ހަވާލުކުރީ 580 މިލިއަން ރުފިޔާއަށެވެ. ނަމަވެސް އެ މަޝްރޫއަށް 1.06 ބިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ.

އެގޮތުން މި މަޝްރޫއުގެ ސަބަބުން 354 މިލިއަން ރުފިޔާ ދައުލަތަށް ގެއްލިފައިވެއެވެ. އަދި 240.1 މިލިއަން ރުފިޔާ އާއި 354.7 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް އިތުރަށް ޚަރަދުވެފައިވާކަމަށްވެސް އެ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved