March 27, 2026
Advertisement
ރައީސް ޑރ. މުއިއްޒު
ރައީސް ޑރ. މުއިއްޒު / ރައީސް އޮފިސް

ކޮރަޕްޝަން ހިންގާ މީހުންނާ ދެކޮޅަށް ރައްޔިތުން ހެކި ހުށަހަޅަން ނުޖެހޭނެ، އެއީ ދައުލަތުގެ ޒިންމާއެއް: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 10, 2026, 02:00 AM
މާލެ ސިޓީ

ކޮރަޕްޝަން ހިންގާ މީހުންނާ ދެކޮލަށް ރައްޔިތުން ހެކި ހުށަހަޅަން ނުޖެހޭނެ ކަމަށާ، އެއީ ދައުލަތުގެ ޒިންމާއެއް ކަމަށް ކުރިގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ނ)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފުލަންޖެހޭ އެންމެ މުހިއްމު އެއް ދުސްތޫރީ ޒިންމާގެ ގޮތުގައި އޮތީ ގާނޫނުގެ ވެރިކަން ކުރިއެރުވުންކަމަށް ޑރ ޖަމީލު ވަނީ ފާހަގަކުރައްވާފައެވެ.

ނަމަވެސް ގާނޫނުގެ ވެރިކަން ކުރިއެރުވުމަކީ ހިތަށް އައިގޮތަކަށް، އެކި މީހުންނަށް އެކި ގޮތްގޮތަށް ކަންކުރުން ނޫންކަން ފާހަގަކުރައްވާ ޑރ ޖަމީލު ވަނީ ގާނޫނުގެ ވެރިކަން ކުރިއެރުވުމަކީ ގާނޫނުގައި ވާގޮތަށް އަމަލުކުރުންކަމަށް ވިދާޅުވެފައެވެ.

ރިޔާސީ ބަޔާނުގައިވެސް ރައީސް ޑރ މުހައްމަދު މުއިއްޒު ކޮރަޕްޝަންގެ ވާހަކަ ގެނައީ މުޅިން ވެސް ޕީއެންސީގެ ވެރިންނަށް ކުރެވޭ ތުހުމަތުތަކުން ރެކެވޭގޮތަށް ކަމަށް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ. އެގޮތުން ކޮރަޕްޝަން ހިންގާ މީހުންނާ މެދު ވަގުތުން ފިޔަވަޅު އަޅާނެ ކަމަށާ ހެކި ގެނެސްދިނުމަށް ރައީސް މުއިއްޒު ވިދާޅުވި ވިދާޅުވުމަށް އިޝާރާތްކުރައްވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ ކޮރަޕްޝަން ހިންގައިފިނަމަ ހެކި ހޯދުމަކީ ކްރިމިނަލް ޖަސްޓިސް ސިސްޓަމުގައި ދައުލަތުގެ ޒިންމާއެއް ކަމަށެވެ.

ރައީސް މުއިއްޒު ހެކި ހޯދަން ރައްޔިތުންނަށް ޖެއްސުމަކީ އޮޅުވާލަން ދެއްކި ވާހަކައެއް ކަމަށް ވިދާޅުވެ އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ މިއަދު ރައީސް މުއިއްޒު އެ ވިދާޅުވީ ފަޒުލް، މުޢާޒު، ވަޖީހު، ބޯފަން އަބްލޯ އަދި ޝުޖާ އާ ފަލާޙުމެންނަށް ކުރެވޭ ތުހުމަތު މިވެރިކަމުގައި ނުބެލޭނޭ ކަމުގެ އެންމެ ވަރުގަދަ ދަލީލުކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށްދާއިރު މިވަގުތު ގައުމުގައި ފެންމަތިވެފައިވާ ބޮޑަތި ކޮރަޕްޝަނުގެ މައްސަލަތައް ޕީއެންސީއަށް ވީތީ ރައީސް މުއިއްޒު ވަޅުލާ ފޮރުވި ގޮތް ރައްޔިތުން ހަނދާން ކުރަންޖެހޭ ކަމާ އެމީހުން ނެގީ ރައްޔިތުންގެ ފައިސާ ކަމާ މިފައިސާގެ މައްސަލަ ނުބެލެނީ މިފައިސާތައް ނަގާފަވަނީ ޕީއެންސީއާ ރައީސް މުއިއްޒުގެ ބޭނުމަށްޓަކައި ކަމަށް ތުހުމަތު ކުރެވޭތީ ކަން ވެސް ހަނދާން ބެހެއްޓުމަށް ޑރ ޖަމީލު ވަނީ ދިވެހި ރައްޔިތުންނަށް ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved