March 19, 2026
Advertisement
-
- / ސަން އޮންލައިން

ގައުމު މިދަނީ ބޯކޮޅު ވަތަށް: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 1, 2026, 03:43 AM
މާލެ ސިޓީ

ދިވެހިރާއްޖޭގެ މިސްރާބު މިއަދު ހުރީ ނުކިސިޔާރުކޮށްކަން ފާހަގަކުރައްވާ ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލުގެ ނުުރުހުމާ ކަންބޮޑުވުން ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވީ، ގައުމުގައި ކޮރަޕްޝަން އޮތީ ހުރިހާ ދިމާއެއްގައި އިންތިހާއަށް އަށަގަނެ ހައްދުން މައްޗަށް ގޮސްފައިކަމަށެވެ. ރާއްޖޭގެ ކޮރަޕްޝަން އޮތީ ތާރީޚީ ރެކޯޑު މިންވަރަކަށް ކަން ފާހަގަކުރައްވާ މަލީހު ވަނީ ސަރުކާރު ތެރެއިން ކުރަން ޖެހޭ ކިތަންމެ ކުޑަ ކަމެއްގައި ވެސް ރިޝްވަތުގެ ހުތުރު ފައިސާ މޭޒު ތަންދޮށުން ދިއްކުރަން ޖެހޭ ކަމުގެ ޝަކުވާ އަޑު އިވޭ ކަމަށް ވިދާޅުވެފައެވެ.

ހަމައެހެންމެ ގައުމުގެ ކަންކަން ދަނީ ކުނިސިޔާރުކޮށްކަން ފާހަގަކުރައްވާ މަޖާޒީ ގޮތަކަށް ފާޑުވިދާޅުވެ މަލީހު ވިދާޅުވެފައިވަނީ ގައުމު ދަނީ ބޯކޮޅު ވަތަށް ޖެހެމުން ކަމަށެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ޕީއެންސީ ސަރުކާރުގެ އެންމެ މަތިފަޑިން ފެށިގެން ގޮސް އެންމެ އާދައިގެ މީހާއަށް ދާންދެންވެސް ތިބި ކޮރަޕްޝަނުން ފަސްބައި ކިލަނބުވެފައި ކަމަށް ރައްޔިތުން ބުނަމުން ދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved