ޒަކިއްޔާގެ މަރަށް އިންސާފު ހޯދުމަށް ގޮވާލާ ބޭއްވި އެއްވުމެއްގެ ތެރެއިން / ސޯޝަލް މީޑިއާ
ހަބަރު
ޒަކިއްޔާގެ މަރަށް އިންސާފު ހޯދުމަށް ގޮވާލާ އެއްވުމުގެ ތެރެއިން ރައްޔިތުން އެ ރަށު ފުލުސް އޮފީހަށް ވަދެއްޖެ
Hussain Nawaf
ހުސައިން ނަވާފް
22 ފެބްރުއަރީ 2025

ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރަށް އިންސާފު ހޯދުމަށް ގޮވާލާ އެއްވުމުގެ ތެރެއިން ރައްޔިތުން ފުލުސް އޮފީހަށް ވަދެއްޖެއެވެ.

މިކަން ހާމަވެފައިވަނީ މިހާރު އެ ރަށުގައި ކުރިއަށްދާ އިހްތިޖާޖުގެ ތެރެއިންނެވެ.

އިހުތިޖާޖުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ރައްޔިތުންވަނީ އެއްވެފައެވެ. އަދި ސިޔާސީ ނުފޫޒުން އެކަހެރިވުމަށްފަހު ރަނގަޅު ތަހުގީގެއް ކުރިއަށް ގެންދިއުމަށް ރައްޔިތުންދަނީ ކެނޑި ނޭޅި ގޮވާލަމުންނެވެ.

މީގެ އިތުރުން ޒަކިއްޔާގެ މަރާއި ގުޅިގެން މަރާލިކަމަށް ޝައްކު ކުރެވޭ މީހާ ހައްޔަރު ކުރުމަށްވެސް ގޮވާލަމުންކަން ފާހަގަކޮށްލެވެއެވެ.

މި ސުލްހަވެރި އިހުތިޖާޖަށް ހުރަސް އެޅުމުގެ ގޮތުން ގިނަ އަދަދެއްގެ ފުލުހުން ނ. ހޮޅުދޫއަށް ދިޔަކަންވެސްވަނީ ހާމަވެފައެވެ. ނަމަވެސް ފުލުހުން ރަށަށް އެރުމަށް ދެކޮޅު ހަދައި ނޭރޭނެހެން ބަނދަރު މަތީގައި ރައްޔިތުން އެއްވިކަންވެސް ފާހަގަކޮށްލެވެއެވެ.

ރައްޔިތުން ސުލްހަވެރި އިހުތިޖާޖު ކުރާތާ 5 މަސް ވީ އިރުވެސް ރައްޔިތުންނަށް އެދެވޭ ޖަވާބެއް ކަމާ ބެހޭ މުއައްސަސާތަކުން ނުދެވެއެވެ. އަދި އެ ރަށުގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައިކަމަށް އިހުތިޖާޖުގެ ބައިވެރިން ދިޔައީ ބުނަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved