March 15, 2026
Advertisement
އެމްއެމްޕީއާރުސީގެ އެމްޑީ އިބްރާހީމް ޝިއުރީ
އެމްއެމްޕީއާރުސީގެ އެމްޑީ އިބްރާހީމް ޝިއުރީ / އެޑިޝަން.އެމްވީ

އެމްޑީ ޝިއުރީގެ ދޮގު ހަބަރުތަކުގެ ފޮޓޯއާއެކީ ސްކޭމް ލިންކްތަކެއް ދައުރުކުރަނީ

Hussain Nawaf
ހުސައިން ނަވާފް
Feb 22, 2025, 11:04 PM

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީގެ ނަމުގައި ސްކޭމް ލިންކްތަކެއް ދައުރުވާތީ އެ ކަމަށް ސަމާލުވާން އޭނާ އެދިވަޑައިގެންފި އެވެ.

ޓްރޭޑިންއާއި ފައިސާ ހޯދުމުގެ ވަސީލަތަކާ ގުޅޭ ގޮތުން ޝިއުރީ އިންޓަވިއުއެއް ދިން ކަމަށް ދައްކައި ރާއްޖޭގެ ނޫހެއްގެ ވެބްސައިޓްގައި ސުރުހީ ލިޔެފައިވާ ގޮތަށް ހަދާފައިވާ ސްކްރީންޝޮޓްތަކެއްވަނީ ދައުރުވާން ފަށާފައެވެ.

ދައުރުވަމުންދާ ޕޯސްޓްތަކާ ގުޅޭ ގޮތުން، ޝިއުރީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުރަތަމަ މި ކަން ފެނުނު އިރު އެއީ އެހާ ނުރައްކާތެރި ކަމެއް ކަމަށް ނުފެނުނު ނަމަވެސް އޭގެ ސަބަބުން ގިނަ ބަޔަކަށް އޮޅުން އަރާފައިވާ ކަމުގެ މައުލޫމާތު އޭނާއަށް ލިބިފައިވާ ކަމަށެވެ.

މިފަދަ ޕޯސްޓްތަކާ މެދު ސަމާލުވުމަށާއި އެއްވެސް މައުލޫމާތެއް ގަބޫލު ކުރުމުގެ ކުރިން ނުވަތަ ހިއްސާ ކުރުމުގެ ކުރިން އިތުބާރު ހުރި މަސްދަރުތަކުން އެ މައުލޫމާތެއްގެ ސައްހަކަން ކަށަވަރު ކުރުމަށް ޝިއުރީވަނީ އާންމުންނާއި މީޑިއާއަށް ގޮވާލާފައެވެ.

Advertisement


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved