ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނ އަތޮޅުން ފެށިގެން އދ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
މިރޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައިވަނީ ދެކުނާއި މެދު ރާއްޖެ ތެރޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކޮށް، މެދުރާއްޖެތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާކަމަށެވެ.
މިގޮތުން މެދު ރާއްޖެތެރެ އާއި އުތުރުގެ އަަތޮޅުތަަކަަށް އިރުއުތުރާއިި އިރުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
މީގެ އިތުރުން މިރޭ 21:45 އިން ފެށިގެން ދަންވަރު 3:00 އާއި ހަމަޔަށް ނ އަތޮޅުން ފެށިގެން އދ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެ އެއަތޮޅުތަކަށް ގަޑިޔަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.
Alert white for strong winds and rough seas. pic.twitter.com/wMb0Liulz0
— Maldives Meteorology (@MetMaldives) February 11, 2024
މީގެއިތުތުން ވިއްސާރަ ދުވަސްވަރުގައި ދަތުރުފަތުރު ކުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން ދަތުރުތައް ކުރުމަށް މެޓް އޮފީހުން އަންނަނީ އިރުޝާދު ދެމުންނެވެ.