މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތުގެ ތެރެއިން / އެސްޓީއޯ
ހަބަރު
މަސްދަޅު ކޭސް ނެގުމަށްޓަކައި މިހާރު ޓޯކެން ލިބެނީ ރޯދަ މަހު 10 ވަނަ ދުވަހަށް!
Hussain Nawaf
ހުސައިން ނަވާފް
23 ފެބްރުއަރީ 2025

ސަރުކާރުން ބަހަން ނިންމައިފައިވާ މަސްދަޅު ކޭސް ނެގުމަށްޓަކައި ރޯދަ މަހު 10 ވަނަ ދުވަހަށްވެސް ޓޯކެން ދޫކޮށްފިއެވެ.

އެތައް ދައްޗަކާއި ކުރިމަތިވެ އާންމުންގެ ޝަކުވާތައް ބޮޑުވުމުގެ ސަބަބުން މަސް ދަޅު ކޭސް ބަހަން ހާއްސަ ޕޯޓަލެއްވަނީ ތައާރަފުކޮށްފައެވެ.

އެގޮތުން މި ޕޯޓަލް މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް އިރު އޮއްސި 6 ޖެހުމުގެ ފަހުން މަސްދަޅު ކޭސް ނެގުމަށްޓަކައި ނަންބަރު ދޫ ކުރާނެއެވެ.

ރޯދަ ހަދިޔާ ޕޯޓަލް

ނަމަވެސް ރޯދަ މަހާއި ދިމާކޮށް ސަރުކާރުން މި މަސްދަޅު ކޭސްތައް ބަހަން ނިންމާފައިވާއިރު އެ މަހުގެ 10 ވަނަ ދުހަވަހާއި ހަމައަށްވެސް މަސްދަޅު ކޭސް ނެގުމަށްޓަކައި ޓޯކަން ދޫ ކުރިކަންވަނީ ހާމަވެފައެވެ.

މިކަމާއި ގުޅިގެން ގިނަ ރައްޔިތުން ގެންދަނީ ނުރުހުން ފާޅު ކުރަމުންކަމަށްވެސް ފާހަަގަ ކުރެވެއެވެ.

ރޯދަ ހަދިޔާ ޕޯޓަލްއަށް ޓޯކަން ދޫ ކުރާ ޕޭޖު

ބައެއް މަސްދަޅު ކޭހުގައި ދަޅުގެ އަދަދު މަދުވާ މައްސަލައެއް ފެންމަތިވިކަންވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން މަސްދަޅު ކޭސް ބަލާ ރައްޔިތުން ގޮސް އަނބުރާ ގެއަށް އައުމުގެ ކުރިން އެ ހަވާލުވި ތަނެއްގައި ހުރެ ކޭސް ކަނޑާ ކޭހުގައި މަސްދަޅު ހަމައަށް ހުރިތޯ ޔަގީންކުރަން ޖެހޭކަމަށް ގިނަ ރައްޔިތުން ގަބޫލު ކުރެއެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved