March 15, 2026
Advertisement
މަސްދަޅު ދޫ ކުރުން
މަސްދަޅު ދޫ ކުރުން / ދުވަސް އެމްވީ

ރޯދަ މަސް ނިމެން އެއް ދުވަސް، ހުރިހާ ގޭބީސީއަކަށް މަސްދަޅު ކޭސް އަދިވެސް ނުލިބޭ

Hussain Nawaf
ހުސައިން ނަވާފް
Mar 29, 2025, 08:59 PM

ރޯދަ މަހާއި ދިމާކޮށް ދައުލަތުން ބަހަން ނިންމި މަސްދަޅު ކޭސްތައް ރޯދަ މަސް ނިމެން ދުވަހަކަށް ވީ އިރުވެސް ހުރިހާ ގޭބީސީއަކަށް ނުލިބޭކަން ހާމަވެއްޖެއެވެ.

Advertisement

މިހާތަނަށް ޖުމްލަ 110،127 އަށް ވުރެ އިތުރު ގޭބިސީއަކަށް މަސްދަޅު ކޭސް ފޯރުކޮށްދެވިއްޖެ ކަމަށް ދައުލަތުންވަނީ ހާމަ ކޮށްފަ އެވެ. އަދި މީގެ އިތުރުން މަސްދަޅު ކޭސްތައް ބެހުން ކުރިއަށްދާނީ މިފްކޯގެ މަސް ފިހާރަތަކުގައެވެ.

ރޯދަ މަހަށް މިއަދަށް 29 ދުވަސް ވީ އިރު މިއަދުވެސް މަސްދަޅު ކޭސް ބެހުން ކުރިއަށް ދާކަން ފާހަގަކޮށްލެވެއެވެ.

ރޯދަ ހަދިޔާ ޕޯޓަލްގެ ސްކްރީންޝޮޓެއް
ރޯދަ ހަދިޔާ ޕޯޓަލްގެ ސްކްރީންޝޮޓެއް

އެތައް ދައްޗަކާއި ކުރިމަތިވެ އާންމުންގެ ޝަކުވާތައް ބޮޑުވުމުގެ ސަބަބުން މަސް ދަޅު ކޭސް ބަހަން ހާއްސަ ޕޯޓަލެއްވަނީ ތައާރަފުކޮށްފަ އެވެ.

އެގޮތުން މި ޕޯޓަލް މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް މަސްދަޅު ކޭސް ނެގުމަށްޓަކައި ނަންބަރު ދޫ ކުރާނެއެވެ. ނަމަވެސް ދުވާލަކު މަދު ޓޯކަންތަކެއް ދޫ ކުރުމުގެ ސަބަބުން އެ މަސްދަޅު ކޭސްތައް ނެގުމަށް ރައްޔިތުންނަށްވަނީ ގިނަ ލަސްތަކާއި ކުރިމަތިލާން ޖެހިފައެވެ.

ބައެއް މަސްދަޅު ކޭހުގައި ދަޅުގެ އަދަދު މަދުވާ މައްސަލައެއް ފެންމަތިވެފައިވެއެވެ. އެގޮތުން މަސްދަޅު ކޭސް ބަލާ ރައްޔިތުން ގޮސް އަނބުރާ ގެއަށް އައުމުގެ ކުރިން އެ ހަވާލުވި ތަނެއްގައި ހުރެ ކޭސް ކެނޑުމަށްފަހު ބެލުމަކީ ރަނގަޅު ގޮތްކަމަށް ގިނަ އަދަދެއްގެ ރައްޔިތުން ގަބޫލު ކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved