މަސްދަޅު ދޫ ކުރުން / ދުވަސް އެމްވީ
ހަބަރު
މަސްދަޅު ކޭސްތައް ރޯދަ މަސް ފެށި 15 ދުވަސް ވީއިރުވެސް ހުރިހާ ގޭބީސީއަކަށް ނުލިބޭ
Hussain Nawaf
ހުސައިން ނަވާފް
15 މާރިޗު 2025

ރޯދަ މަހާއި ދިމާކޮށް ދައުލަތުން ބަހަން ނިންމި މަސްދަޅު ކޭސްތައް ރޯދަ މަސް ފެށި 15 ދުވަސް ވީއިރުވެސް ހުރިހާ ގޭބީސީއަކަށް ނުލިބެއެވެ.

މިހާތަނަށް ޖުމްލަ 110،127 ގޭބިސީއަކަށް މަސްދަޅު ކޭސް ފޯރުކޮށްދެވިއްޖެ ކަމަށް ދައުލަތުންވަނީ ހާމަ ކޮށްފަ އެވެ. އަދި މީގެ އިތުރުން މަސްދަޅު ކޭސްތައް ބެހުން ކުރިއަށްދާނީ މިފްކޯގެ މަސް ފިހާރަތަކުގައި ކަން ވަޒީރު އާދަމް ޝަރީފް އުމަރުވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

އެގޮތުން މިއަދުވެސް މަސްދަޅު ކޭސް ބެހުން ކުރިއަށް ދާކަން ފާހަގަކޮށްލެވެއެވެ.

ރޯދަ ހަދިޔާ ޕޯޓަލްގެ ސްކްރީންޝޮޓެއް

އެތައް ދައްޗަކާއި ކުރިމަތިވެ އާންމުންގެ ޝަކުވާތައް ބޮޑުވުމުގެ ސަބަބުން މަސް ދަޅު ކޭސް ބަހަން ހާއްސަ ޕޯޓަލެއްވަނީ ތައާރަފުކޮށްފަ އެވެ.

އެގޮތުން މި ޕޯޓަލް މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް އިރު އޮއްސި 6 ޖެހުމުގެ ފަހުން މަސްދަޅު ކޭސް ނެގުމަށްޓަކައި ނަންބަރު ދޫ ކުރާނެއެވެ. ނަމަވެސް ދުވާލަކު މަދު ޓޯކަންތަކެއް ދޫ ކުރުމުގެ ސަބަބުން އެ މަސްދަޅު ކޭސްތައް ނެގުމަށް ރައްޔިތުންނަށްވަނީ ގިނަ ލަސްތަކާއި ކުރިމަތިލާން ޖެހިފައެވެ.

ބައެއް މަސްދަޅު ކޭހުގައި ދަޅުގެ އަދަދު މަދުވާ މައްސަލައެއް ފެންމަތިވެފައިވެއެވެ. އެގޮތުން މަސްދަޅު ކޭސް ބަލާ ރައްޔިތުން ގޮސް އަނބުރާ ގެއަށް އައުމުގެ ކުރިން އެ ހަވާލުވި ތަނެއްގައި ހުރެ ކޭސް ކެނޑުމަށްފަހު ބެލުމަކީ ރަނގަޅު ގޮތްކަމަށް ގިނަ އަދަދެއްގެ ރައްޔިތުން ގަބޫލު ކުރެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved