March 15, 2026
Advertisement
މަސްދަޅު ދޫ ކުރުން
މަސްދަޅު ދޫ ކުރުން / ދުވަސް އެމްވީ

ދައުލަތުން ބަހަން ނިންމި މަސްދަޅު ކޭސްތައް ރޯދަ މަސް ފެށުނު ފަހުންވެސް ހުރިހާ ގޭބީސީއަކަށް ނުލިބޭ

Hussain Nawaf
ހުސައިން ނަވާފް
Mar 3, 2025, 09:33 PM

ދައުލަތުން ބަހަން ނިންމި މަސްދަޅު ކޭސްތައް ރޯދަ މަސް ފެށުނު ފަހުންވެސް ހުރިހާ ގޭބީސީއަކަށް ނުލިބެ އެވެ.

Advertisement

އެތައް ދައްޗަކާއި ކުރިމަތިވެ އާންމުންގެ ޝަކުވާތައް ބޮޑުވުމުގެ ސަބަބުން މަސް ދަޅު ކޭސް ބަހަން ހާއްސަ ޕޯޓަލެއްވަނީ ތައާރަފުކޮށްފަ އެވެ.

އެގޮތުން މި ޕޯޓަލް މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް އިރު އޮއްސި 6 ޖެހުމުގެ ފަހުން މަސްދަޅު ކޭސް ނެގުމަށްޓަކައި ނަންބަރު ދޫ ކުރާނެއެވެ. ނަމަވެސް ދުވާލަކު 420 ޓޯކެން ދޫ ކުރުމުގެ ސަބަބުން ހުރިހާ ގޭބީސީއަކަށް ރޯދަ ފެށުނު އިރުވެސް ނުލިބެއެވެ.

ރޯދަ މަހަށް 6 ދުވަސްވެފައިވަނިކޮށްް ޖުމްލަ 15،000 ގޭބިސީއަކަށް މަސްދަޅު ކޭސް ފޯރުކޮށްދެވިއްޖެ ކަމަށް ދައުލަތުންވަނީ ހާމަ ކޮށްފަ އެވެ.

މީގެ އިތުރުން ރޯދަ މަހުގެ 10 ވަނަ ދުވަހާއި ހަމައަށްވެސް މަސް ދަޅު ނެގުމަށްޓަކައި ޓޯކަން ދޫ ކުރާކަންވެސް ފާހަގަކޮށްލެވެ އެވެ.

ބައެއް މަސްދަޅު ކޭހުގައި ދަޅުގެ އަދަދު މަދުވާ މައްސަލައެއް ފެންމަތިވެފައިވެއެވެ. އެގޮތުން މަސްދަޅު ކޭސް ބަލާ ރައްޔިތުން ގޮސް އަނބުރާ ގެއަށް އައުމުގެ ކުރިން އެ ހަވާލުވި ތަނެއްގައި ހުރެ ކޭސް ކަނޑާ ކޭހުގައި މަސްދަޅު ހަމައަށް ހުރިތޯ ޔަގީންކުރަން ޖެހޭކަމަށް ގިނަ ރައްޔިތުން ގަބޫލު ކުރެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved