ކަނޑުގަދަ ވެފައި ވަނިކޮށް ކަނޑުދަތުރަށް ނިކުމެ އުޅުނު އުޅަދެއް / ސޯޝަލް މީޑިއާ
ހަބަރު
ރާއްޖޭގެ އެކި ހިސާބުތަކަށް ރީނދޫ ސަމާލު އަދި ހުދު ސަމާލު ނެރެފި
Fathmath Reem
ފާތުމަތު ރީމް
12 ފެބްރުއަރީ 2024
މާލެ ސިޓީ

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މ އަތޮޅުން ފެށިގެން ފުވައްމުލަކު ސިޓީ އަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީންދޫ ސަމާލު ނެރެފައިވަނީ މ އަތޮޅުން ފެށިގެން ފުވައްމުލަކު ސިޓީއާއި ހަމައަށް ހެނދުނު 11:00 އިން މެންދުރު ފަހު 15:00 އާއި ހަމައަށެވެ.

މެޓުން ހާމަކޮށްފައިވާ ގޮތުގައި މި ގަނޑިތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މީގެ އިތުރުން މެޓް އޮފީހުން ވަނީ ނ އަތޮޅުން ފެށިިގެން ވ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. އެގޮތުން ހުދު ސަމާލު ނެރެފައިވަނީ ހެނދުނު 10:00 އިން ހަވީރު 16:00 އާއި ހަމައަށެވެ.

އެގޮތުން މި ހިސާބުތަކަށް ގަނޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް މެޓު އޮފީހުން ލަފާކޮށްފައިވެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved