
ރޯދަ މަހަށް 6 ދުވަހަށް ވެފައިވާ އިރު މިހާތަނަށް ޖުމްލަ 15،000 ގޭބިސީއަކަށް މަސްދަޅު ކޭސް ފޯރުކޮށްދެވިއްޖެ ކަމަށް ދައުލަތުން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ވިދާޅުވީ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ ވަރަށް ފަސޭހަ އިންތިޒާމުތަކެއްގެ ތެރެއިން ކަމަށާއި އަދި ހުރިހާ ގޭބިސީއަކަށް ލިބެންދެން މަސައްކަތް ކުރިޔަށް ގެންދާނެކަމަށްވަނީ ވިދާޅުވެފައެވެ.
ރޯދަ މަސް ފެށެން 6 ދުވަހަށް ވެފައިވާއިރު ރާއްޖޭގައި އެތައް ހާސް ގޭބީސީއެއް ހިމެނޭ އިރު އެންމެ 15،000 ގޭބީސީއަކަށް ބަހާ ނިންމެވުމުން ގިނަ ރައްޔިތުންތަކެއްދަނީ ދައުލަތަށް ފާޑު ކިޔަމުންކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ރޯދަ މަހުގެ 10 ވަނަ ދުވަހާއި ހަމައަށްވެސް މަސް ދަޅު ނެގުމަށްޓަކައި ޓޯކަން ދޫކުރިކަން ފާހަގަކޮށްލެވެއެވެ.
ބައެއް މަސްދަޅު ކޭހުގައި ދަޅުގެ އަދަދު މަދުވާ މައްސަލައެއް ފެންމަތިވިކަންވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން މަސްދަޅު ކޭސް ބަލާ ރައްޔިތުން ގޮސް އަނބުރާ ގެއަށް އައުމުގެ ކުރިން އެ ހަވާލުވި ތަނެއްގައި ހުރެ ކޭސް ކަނޑާ ކޭހުގައި މަސްދަޅު ހަމައަށް ހުރިތޯ ޔަގީންކުރަން ޖެހޭކަމަށް ގިނަ ރައްޔިތުން ގަބޫލު ކުރެއެވެ.










