ރައްޔިތުންގެ މަޖިލިސް / -
ހަބަރު
މެންބަރުން ވަކިނުކުރެވޭ ގޮަތަށް ވަގުތީ އަމުރެއް ނެރެދީ މައްސަލަ އަވަސްކޮށްދޭން ކޯޓުގައި އެދިއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
25 ފެބްރުއަރީ 2025
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނޫއަަސާސީ ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓުގައި ބަލަމުން ދަނިކޮށް, އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލުވައި ނުލެވޭނެ ކަމަށް ވަގުތީ އަމުރެއް ނެރެދޭން ކޯޓުގައި މިއަދު އެދިއްޖެ އެވެ.

މައްސަލަ ބެލޭނެ ކަމަށް ނިންމުމަށް ފަހު, ދައުލަތުގެ އެދިގެން ދައުވާ އަށް ޖަވާބުދާރީވާން 10 ދުވަހުގެ މުއްދަތެއް ކޯޓުން އޮތީ ދީފަ އެވެ.

އަލީ މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުސްތޫރީ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުގެ ކުރިން އެ އިސްލާހަށް އަމަލު ކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

އަޅުގަނޑު ހުށަހަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓުން ނިންމުމުގެ ކުރިން، ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ މަގާމުން ވަކިކުރުމާ ބެހޭ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް އަމުރުކޮށް ވަގުތީ އަމުރެއް ނެރެދިނުމަށް ހުށަހަޅައިފިން،

- އަލީ ހުސެއިން

ގޮނޑި ގެއްލޭ މައްސަލައިގައި އެންމެ ފުރަތަމަ ބޭއްވި އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ބެންޗުން ވަނީ އެ ކޯޓަށް މައްސަލަ ބެލޭނެ ކަމަށް ނިންމައިފަ އެވެ. އަދި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އެގޮތަށް ނިންމީ އިޖުރާއީ ގޮތުން މައްސަލަ ބެލުމުގެ އިހުތިސާސް ލިބިގެން ނުވާ ކަމަށް ބުނެ މައްސަލަ ބޭރުކޮށްލަން ދައުލަތުން އެދިފައި ވަނިކޮށެވެ.

މައްސަލަ ބެލޭނެ ކަމަށް ނިންމުމަށް ފަހު, ދައުލަތުގެ އެދިގެން ދައުވާ އަށް ޖަވާބުދާރީވާން 10 ދުވަހުގެ މުއްދަތެއް ކޯޓުން އޮތީ ދީފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved