March 19, 2026
Advertisement
ޕީޖީ ގްރޫޕު ބައްދަލުވުމެއްގެ ރިޔާސަތުގައި ތިއްބެވި ބޭފުޅުން
ޕީޖީ ގްރޫޕު ބައްދަލުވުމެއްގެ ރިޔާސަތުގައި ތިއްބެވި ބޭފުޅުން / ސޯޝަލް މީޑިއާ

ރައީސް ޑރ މުއިއްޒުގެ އަމުރަށް ތްރީ ލައިން ވިޕާ ހިލާފުވި މެމްބަރުންނާއި މެދު ފިޔަވަޅު އަޅަނީ

Hussain Nawaf
ހުސައިން ނަވާފް
Feb 25, 2025, 09:43 PM

ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަމުރަށް ތްރީ ލައިން ވިޕާ ހިލާފުވި މެމްބަރުންނާއި މެދު ފިޔަވަޅު އަޅާނެކަން އަނގައިފިއެވެ.

Advertisement

ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލު ބަލައިގަތުމަށް މިއަދު ނެގި ވޯޓުގައި އެއްކޮޅަށް ވޯޓު ލުމަށް ތްރީ ލައިން ވިޕެއްވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީންވަނީ ނެރިފައެވެ.

އެގޮތުން މި ބިލު ބަލައިގަތުމާ މެދު ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތީ 76 މެންބަރުންނެވެ.

އޭގެ ތެރެއިން 64 މެންބަރުންގެ ވޯޓާ އެކު ބިލު ބަލައިގެންއިރު ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅަށް ނިސްބަތްވާ 12 މެންބަރުން ކަމަށް ވާ އިރު ފާހަގަކޮށްލެވެނީ ޕީއެންސީގެ 10 މެންބަރުން އެ ބިލުގެ ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ ކަމެވެ.

އެގޮތުން އެ 10 މެމްބަރުންނަކީ:

  1. މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާޙިމް މުހައްމަދު
  2. އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު
  3. މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު
  4. ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު
  5. ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު
  6. ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ
  7. ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު
  8. ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން
  9. ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން
  10. ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހާމިދު

ތްރީލައިން ވިޕެއް ނެރެފައިވަނިކޮށް ގަސްތުގައި ވިޕްލައިނާ ހިލާފުވާ ބޭފުޅުންނާ މެދު ގަވާއިދުގައި އޮންނަ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ބުނެ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހުވަނީ ޕީޖީގެ ވަޓްސްއެޕް ގްރޫޕަށް މެސެޖެއް ފޮނުވާފައެވެ.

ޕީއެންސީން މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީގެ އަސާސީ ސިފަތަކާ ފުށުއަރާ އިސްލާހެއް ކަމަށް ބުނެ، އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. ސުޕްރީމް ކޯޓުގެ ބެންޗު ފަސް ފަނޑިޔާރުންނަށް ކުޑަކުރަން ހުށަހެޅީ އެ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުންކަމަށް ބެލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved