March 19, 2026
Advertisement
ޕީއެންސީގެ ވަޓްސް އަޕް ގުރޫޕުން އަޒާން ބޭރުކޮށްލީ މުއިއްޒު ބޭނުންވާ ގޮތަށް ވޯޓެއް ނުދީގެން
ޕީއެންސީގެ ވަޓްސް އަޕް ގުރޫޕުން އަޒާން ބޭރުކޮށްލީ މުއިއްޒު ބޭނުންވާ ގޮތަށް ވޯޓެއް ނުދީގެން / ދަ އެޑިޝަން

ޕީއެންސީގެ މަޖިލިސް ވަޓްސް އަޕް ގުރޫޕުން މެމްބަރު އަޒާން ބޭރުކޮށްލައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Feb 26, 2025, 03:17 AM
މާލެ ސިޓީ

ޕީއެންސީގެ މަޖިލިސް ވަޓްސް އަޕް ގުރޫޕުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ބޭރުކޮށްލައިފިއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒާން ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ވަޓްސް އަޕް ގުރޫޕުން ބޭރުކޮށްލާފައި ވަނީ ރައީސް މުހައްމަދު މުއިއްޒު ބޭނުންވާ ގޮތަށް ވޯޓެއް ނުދީގެންނެވެ.

އަޒާން ވަޓްސް އަޕް ގުރޫޕުން ނެރެފައި މިވަނީ، މިއަދުގެ މަޖިލިސް ޖަލްސާގައި، ނެގި ވޯޓަށް  ޖަލްސާއަށް ހާޒިރުވެ ވޯޓު ނެގި ވަގުތު ޕީއެންސީގެ ދެ މެމްބަރަކު ވޯޓުގައި ބައިވެރި ނުވެފައި ވަނީ ކީއްވެގެންތޯއާއި އެހެން ދިމާވި ސަބަބު ޕާލިމެންޓްރީ ގްރޫޕުގެ ލީޑާޝިޕުން ދަނީ ބަލަމުން ކަމަށް ޕީޖީ ލީޑަރު އިބްރާހިމު ފަލާހު ބުނެފައިވާ ވެސް ދަނޑިވަޅެއްގައެވެ. ފަލާހު ވަނީ އެ މެމްބަރުންނާ މެދު ފިޔަވަޅުވެސް އަޅާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

އެ މެސެޖު ފޮނުވި ފަހުން މިއަދު އިރުއޮއްސެމުން ދިޔަ ވަގުތުގައި އަޒާން ގްރޫޕުން ބޭރުކޮށްލާފައިވީ ނަމަވެސް، ޕާޓީން ވަކިކުރުމާ މެދު ގޮތެއް ނިންމި ކަމެއް ސާފެއް ނޫނެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިވާ ގޮތަށް އެ ކޯޓުގެ ބެންޗުގައި ތިބޭ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލުކުރަން މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބަލައިގަތުމުގެ ވޯޓުގައި އަޒާން ބައިވެރިވެވަޑައެއްނުގަންނަވަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved