March 20, 2026
Advertisement
ރައީސް އަދި ނައިބު ރައީސް
ރައީސް އަދި ނައިބު ރައީސް / ރައީސް އޮފިސް

ރައީސް އާއި ނައިބު ރައީސް މަޖިލީހަށް ހާޒިރުކުރެވޭ ގޮތް ހަދަން ހުށަހަޅައިފި

Aishath Naja
އައިޝަތު ނަޖާ
Feb 12, 2024, 10:51 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް މަޖިލީހުގެ މެންބަރުންނަށް ސުވާލު ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބަދަލުކުރަން ހުށަހަޅައިފި އެވެ.

Advertisement

ގަވާއިދަށް އެ ބަދަލު ގެންނަން ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށި ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ސަލީމެވެ.

ސަލީމް މި ކަން ހާމަކުރެއްވީ ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނު އުވާލަން އޭނަ ހުށަހެޅުއްވި ބިލުގެ ބަހުސް ފަށަން، މަޖިލީހުގެ ތަޅުމަށް ބިލު އިއްވަވަމުންނެވެ.

ސަލީމު ވިދާޅުވި ގޮތުގައި މީގެ ކުރިން އެކަން ނުކުރެވިގެން ދިޔައީ، މިވީހާ ދުވަހު މަޖިލީހުން އަމަލު ކުރަމުން ދިޔަ ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނުގެ ސަބަބުންނެވެ.

އޭނާ ވިދާޅުވީ، ރައީސްއާއި ނައިބު ރައީސް ހާޒިރުކުރުމަކީ މިހާރު ވެސް ގާނޫނު އަސާސީން މަޖިލީހަށް ލިބިފައިވާ ބާރެކެވެ. ގާނޫނު އަސާސީގައި އޮންނަ ގޮތުން ވަޒީރުންގެ މަޖިލީހާއި އެ ނޫން ވެސް ސަރުކާރުގެ އިސް މަގާމުގެ ބޭފުޅުން ހާޒިރުކޮށް ސުވާލު ކުރުމުގެ ބާރު މަޖިލީހަށް އޮންނަ ކަމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved