March 15, 2026
Advertisement
ހުވަން ލޯންޗު ދިޔަވުމާ ގުޅިގެން ކަނޑުވެފައި ތިބި މީހުން: ސަލާމަތްކުރި މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނޭ --
ހުވަން ލޯންޗު ދިޔަވުމާ ގުޅިގެން ކަނޑުވެފައި ތިބި މީހުން: ސަލާމަތްކުރި މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނޭ -- / ޕޮލިސް

ލޯންޗެއް ދިޔަވެ، ކަނޑުވި 44 މީހުންނާއި 4 ކުޑަކުދިން ސަލާމަތްކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Mar 2, 2025, 06:44 PM
މާލެ ސިޓީ

މިއަދު ހެނދުނު ދިގުރަށުން މާލެއަށް ދަތުރު ކުރި ލޯންޗެއް ދިޔަވެ، އޭގެން ދަތުރުކުރި 45 ފަސިންޖަރުންނާޢި ތިން ފާޅުވެރިން ކަނޑުވެ އޮޔާ ދަނިކޮށް ފުލުހުން އެމީހުން ސަލާމަތް ކޮށްފި އެވެ.

Advertisement

ފުލުހުން މިއަދު ބުނި ގޮތުގައި، ލޯންޗެއް އަޑިއަށްދާ ކަމުގެ މައުލޫމާތު އެ ތަނަށް ލިބުނީ މިއަދު ހެނދުނު 8 ހާއިރު އެވެ. އޭރު އޭގައި ހަތަރު ކުޑަކުދިން ހިމެނޭ ގޮތަށް 48 މީހުން ތިބި ކަމަށް ބުންޏެވެ.

އެ ލޯންޗު އަޑިއަށް ދިޔައީ ދިގުރަށާއި މަހިބަދޫއާ ދެމެދު ސަރަހައްދަކަށް ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުން އާންމުކުރި ފޮޓޯތަކުން ފެންނަނީ މީހުންތައް ލައިފް ޖެކެޓުގައި ކަނޑުވެފައި ތިއްބަ އެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ ފުރިހަމަ ތަހުގީގެއް ކުރަމުން އަންނަ ކަމަށެވެ.

މެޓް އޮފީހުން ބުނީ މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައް އަދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved