April 18, 2026
Advertisement
އައިޖީއެމްއެޗް
އައިޖީއެމްއެޗް / އަވަސް

މާލެ ސަރަހައްދުގެ 4 ހޮސްޕިޓަލުގެ އޯޕީޑީ މިއަދު ބަންދުވާނެ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Mar 2, 2025, 06:50 PM
މާލެ ސިޓީ

މާލެ ސަރަހައްދަށް އިއްޔެ ހަވީރުން ފެށިގެން ރޭ ފަތިސް ވަންދެން މެދުނުކެނޑި ބޯކޮށް ވެހުނު ވާރޭގެ ސަބަބުން މަގުތަކުގައި ފެން ބޮޑުވެ، ހިނގައިބިނގާވެ އުޅުމަށް ދަތިވެފައިވާތީ ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލުގެ އޯ.ޕީ.ޑީތައް މިއަދު ބަންދުކޮށްފި އެވެ.

Advertisement

އެކަމަކު، އައިޖީއެމްއެޗުން ބުނީ، އެ ހަތަރު ހޮސްޕިޓަލްގައި ވެސް އައިޕީޑީގެ ހިދުމަތް ލިބޭނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ސަރުކާރުން ހިންގާ ތިން ހޮސްޕިޓަލްގެ އޯޕީޑީ ބަންދުކުރީ ހޮސްޕިޓަލް ސަރަހައްދުގައި ފެން ބޮޑުވެފައިވާތީ ބަލި މީހުން އެ ތަންތަނަށް ދިއުމުގައި ތަކުލީފަކަށް ވާނެތީ ކަމަށެވެ.

އައިޖީއެމްއެޗާއި ދަރުވަމަންތަ ހޮސްޕިޓަލް ހުންނަނީ މާލޭގައި އެންމެ ފެންބޮޑުވާ ސަރަހައްދުގައި ކަމަށް ވާއިރު، އިއްޔެ އާއި ރޭ ކުރި ވިއްސާރައިގައި ވެސް އެ ސަރަހައްދުގެ މަގުތައް އޮތީ ފެނުއަޑީގަ އެވެ. ހާއްސަކޮށް އައިޖީއެމްއެޗު ހުންނަ މަގުގެ ހާލަތު ވަކިން ގޯހެވެ.

އެ ހޮސްޕިޓަލުތަކުގެ އޯޕީޑީ ބަންދުވި ނަމަވެސް، އިން-ޕޭޝަންޓް (އައިޕީޑީ) އަދި އިމަޖެންސީ ހިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ އެވެ.

އިތުރު މައުލޫމާތު ހޯދަމަށް ގުޅާނީ 3335335 އަށެވެ.

އިއްޔެ އާއި ރޭ މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލެ އާއި އެކި ރަށްރަށުގައި ފެންބޮޑުވެ، ގޭގެ އަށް ފެން ވަދެ، އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.

މިއަދު ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް އޮތީ ޔެލޯ އެލާޓް ނެރެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved