

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހުނީ ކ. ދިއްފުއްޓަށް ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެފި އެވެ.
މެޓު އޮފީހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައި ގޮތުން 24ގަޑިއިރު ވާރޭ އެންމެ ގިނައިން ވެހިގެން ފުރަތަމަ ރެކޯޑުކުރެވުނީ 2002ވަނަ އަހަރުގެ ޖުލައި ނުވަވަނަ ދުވަހެވެ. އެއީ 219.8 މިލިމީޓަރެވެ.
ކުރިން 24ގަޑިއިރު ތެރޭ އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑުކުރެވިފައިވާ އަދަދުތައް:
ނުވައެއް ޖުލައި 2002: ގދ. ކާޑެއްދޫ، 219.8 މިލިމީޓަރު
24 ނޮވެމްބަރު 2015: ސ. ގަން، 228.4 މިލިމީޓަރު
ފަހެއް، ޑިސެމްބަރު 2018: މާލެ، 228.9 މިލިމީޓަރު
12 އޯގަސްޓު 2024: ހއ. ކެލާ، 231.5
މިދިޔަ އަހަރު ރެކޯޑުކުރެވުނު އަދަދަށްފަހު މި އަހަރު މި ރެކޯޑު އާވެފައި މި ވަނީ ވޭތުވެދިޔަ 24 ގަޑީރުގެ ތެރޭ ކ. ދިއްފުއްޓަށް 296 މިލިލީޓަރުގެ ވާރޭ ވެހުނު ރެކޯޑާއެކުގައެވެ.
ޓުން ބުނީ މާލޭ ސަރަހައްދުގެ ސްޓޭޝަން ހަލާކުވެފައި ހުރުމުން، މާލެއަށް ކުރި ވިއްސާރައިގެ މިންވަރު ރެކޯޑު ނުކުރެވޭ ކަމަށެވެ. އެކަމަކު ރޭ މާލެއަށް ކުރި ވިއްސާރައިގައި ވެސް ވަރަށް ބޮޑަށް ފެންބޮޑުވި އެވެ.
އިއްޔެ އާއި ރޭ މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލެ އާއި އެކި ރަށްރަށުގައި ފެންބޮޑުވެ، ގޭގެ އަށް ފެން ވަދެ، އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
މިއަދު ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް އޮތީ ޔެލޯ އެލާޓް ނެރެފަ އެވެ.
ރާއްޖެއަށް މިހާރު ކުރާ މި ފަދަ ވިއްސާރަ، މޫސުމާ ބެހޭ ތަޖުރިބާކާރުން ގުޅުވާލަނީ މޫސުމަށް އަންނަ ބަދަލުތަކެވެ.