March 20, 2026
Advertisement
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް / -

ކުރާނެ މަސައްކަތެއް ނެތުމުން އެންމެ 30 މިނެޓުތެރޭ މަޖިލީހުގެ މިއަދުގެ މަސައްކަތް ނިންމާލައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Mar 3, 2025, 05:53 PM
މާލެ ސިޓީ

ކުރާނެ އިތުރު މަސައްކަތެއް ނުފެނުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ މަސައްކަތް އެންމެ 30 ވަރަކަށް މިނެޓަށް ކުރިއަށް ގެންދިއުމަށް ފަހު ނިންމާލައިފި އެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ސަފީރުން އައްޔަންކުރުމުގެ ދެތިން މައްސަލައަކާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ ލިޔުމުން ޖަވާބު ހޯދުމަށް ކުރި ހަތަރު ސުވާލެއްގެ ޖަވާބު ތަޅުމަށް އިއްވުމެވެ.

މި މަސައްކަތް ނަމަވެސް، މިއަދު 10:30ގައި ފަށައި، ގާތްގަނޑަކަށް 11:00 ވަނިކޮށް މަޖިލިސް ޖަލްސާ ވަނީ ނިންމާލައިފަ އެވެ.

މިއީ މި ރޯދަމަހު މަޖިލީހުން ބޭއްވި ފުރަތަމަ ޖަލްސާ އެވެ. ރޯދައަށް މަޖިލިސް ބަންދުކުރަން މަސައްކަތް ކުރި ނަމަވެސް އާންމުންގެ ފާޑުކިޔުން އަމާޒުވެ މަޖިލީހުގެ ގަވާއިދަށް ގެންނަން އުޅުނު ބަދަލު އަނބުރާ ގެންދިޔައީ އެވެ.

ދައުލަތުގެ ތިން ބާރުގެ ތެރެއިން ގާނޫނު ހެދުމާއި ރައްޔިތުން ތަމްސީލު ކުރުމުގެ ބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް މިހާރު ހިގަމުން އަންނަ ގޮތާއި މެދު އާންމު ރައްޔިތުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލިސް ރައީސް ޑރ. މުއިއްޒުގެ އޮފީހުން ކޮންޓްރޯލް ކުރާ މައްސަލަ އާއި މަޖިލީހުގެ މަސައްކަތައް ރައީސް އޮފީހުން ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved