ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
ޑރ. މުއިއްޒު ހިންގަވަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ވެއްޓެންދިޔައިރު ހިންގެވި މަގުން: ރައީސް ޔާމީން
Hussain Nawaf
ހުސައިން ނަވާފް
03 މާރިޗު 2025

ރައީސް ޑރ. މުހައްމަދު މުއިއްޒު ހިންގަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ މަނިކުފާނުގެ ވެރިކަން ވެއްޓެންދިޔައިރު ހިންގެވި މަގުން ކަމަށާއި އެ އުޅުއްވަނީ ގޮތް ހުސްވެގެން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާުޅުވެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުގެ އަމަލުތައް ހުރީ ވަރަށް މުޑުދާރުކޮށްކަމަށް ބުނެ ރައީސް ޔާމީންވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މިއަދު ރައީސް މުއިއްޒު އުޅުއްވަނީ ރައީސް ނަޝީދުގެ ވެރިކަން ދިފާއު ކުރެއްވުމަށް އުޅުއްވި ގޮތައްކަމަށް ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ.

ވެރިކަން ދިފާއުނުކުރެވިގެން ގޮސް ހަތަރު އަނގޮޅި ކަނަށް ގޮސްފައި، ހަމަ ރަނގަޅަށް އަނގޮޅި ޖެހުނީމާ ދެން ކުރެއްވި ކަމަކީ އެއީ. މިހާރު މި އުޅެނީ އެހެންވެގެން.

- ރައީސް ޔާމީން

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް އެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޕީއެންސީން ވަނީ ގާނޫނުއަސާސީ އިސްލާހުކޮށްފައެވެ. ނަމަވެސް އެ އިސްލާހަކީ ގާނޫނުއަސާސީގެ އަސާސްތަކާ ފުށުއަރާ އިސްލާހެއްކަމަށް ބުނެ، ސުޕްރީމް ކޯޓުގައި އަންނަނީ ޝަރީއަތްކުރަމުންނެވެ.

އަޑުއެހުންތައް ކުރިއަށްދަނިކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށްފައެވެ. ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ޖޭއެސްސީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން ޖޭއެސްސީން ވެސް އަންނަނީ ބަލަމުންނެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved