March 27, 2026
Advertisement
ކަސްޓަމްސްގެ މުވައްޒަފުންތަކެއް މަސައްކަތުގެ ތެރެއިން
ކަސްޓަމްސްގެ މުވައްޒަފުންތަކެއް މަސައްކަތުގެ ތެރެއިން / ކޯޕަރޭޓް މޯލްޑިވްސް

އެކްސްޕޯޓާއި ދައުލަތަށް ލިބުނު އާމްދަނީ ދަށަށް

Hussain Nawaf
ހުސައިން ނަވާފް
Mar 4, 2025, 08:44 PM

ނިމިދިޔަ އަހަރުގެ ޖެނުއަރީ އާއި އަޅައިބަލާއިރު އިމްޕޯޓު ކުރި މުދަލުގެ އަގު މައްޗަށް ދިޔަ ނަމަވެސް އެކްސްޕޯޓާއި ދައުލަތަށް ލިބުނު އާމްދަނީ ދަށްވިކަން ކަސްޓަމްސްއިން ހާމަކޮށްފިއެވެ.

Advertisement

މިކަން ހާމަވެފައިވަނީ ކަސްޓަމްސްއިން ނެރުނު މަންތުލީ ސްޓެސްޓިސްޓިކްސްގެ ތެރެއިންނެވެ.

ރިޕޯޓުގައިވާ ގޮތުގައި ޖެނުއަރީގައި 5.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި އިރު އެއީ މިދިޔަ އަހަރުގެ ޖެނުއަރީއަށް ވުރެ 100 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ޖެނުއަރީގައި ތެލުގެ އިމްޕޯޓު ކުރި މުދަލުގެ އަގު މިދިޔަ އަހަރުގެ ޖެނުއަރީއަށް ވުރެ 400 މިލިއަން ރުފިޔާވަނީ އިތުރުވެފައެވެ.

އިމްޕޯޓު މައްޗަށް ދިޔަކަން ފާހަގަ ކުރެވުނު ނަމަވެސް އާމްދަނީ ކުރީ އަހަރުގެ ޖެނުއަރީ މަހަށް ވުރެ ދަށްކަން ފާހަގަ ކުރެވެއެވެ. މި ޖެނުއަރީގައި ކަސްޓަމްސްއަށް 287 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ ޖެނުއަރީ ނިމުނުއިރު ޑިއުޓީ އާމްދަނީއަށް 314 މިލިއަން ރުފިޔާއެވެ.

ނިމުނު ޖެނުއަރީގައި އެކްސްޕޯޓު ކުރި މުދަލުގެ އަަގަކީ 144 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީގައި އެކްސްޕޯޓު ކުރި 173 މިލިއަން ރުފިޔާގެ މުދަލާ އަޅައިބަލާއިރު 16 ޕަސެންޓުގެ ވެއްޓުމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved