

ޒަކިއްޔާގެ މަރަށް އިންސާފު ލިބެންދެން ކޮންމެ ހުކުރު ދުވަހެއްގައި އިހްތިޖާޖް ކުރާނެކަމަށް ނ ހޮޅުދޫގެ ރައްޔިތުން ހާމަކޮށްފިއެވެ.
މިކަން ހާމަވެފައިވަނީ ސޯޝަލް މީޑިއާގައި މިވަގުތު ދައުރުވަމުންދާ ޕޯސްޓަކާއި ގުޅިގެންނެވެ.
އެގޮތުން ޒަކިއްޔާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ސައިކަލު ބުރެއް ކޮންމެ ހުކުރު ދުވަހެއްގައި ހަވީރު 5:15ގައި އޮންނާނެކަމަށް ހާމަވެފައިވެއެވެ.
މި މައްސަލަ އާއި ގުޅިގެން އެ ރަށުގެ ރައްޔިތުން ގެންދަނީ ކެނޑި ނޭޅި އިހުތިޖާޖު ކުރަމުންކަން ފާހަގަކޮށްލެވެ އެވެ. އެެ ހާދިސާއަށް 5 މަސް ވެފައިވާކަން ފާހަގަކޮށްލެވެ އެވެ.
ސިޔާސީ ނުފޫޒުން އެކަހެރިވުމަށްފަހު ރަނގަޅު ތަހުގީގެއް ކުރިއަށް ގެންދިއުމަށް އެ ރައްޔިތުންދަނީ ކެނޑި ނޭޅި ގޮވާލަމުންނެވެ. މީގެ އިތުރުން ޒަކިއްޔާގެ މަރާއި ގުޅިގެން މަރާލިކަމަށް ޝައްކު ކުރެވޭ މީހާ ހައްޔަރު ކުރުމަށްވެސް ގޮވާލަމުންކަން ފާހަގަކޮށްލެވެއެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުންގެ އިހުމާލެ އެބަ އޮތްކަމަށް ހޯމްލޭންޑް ސެކުއިރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން އިއުތިރާފުވެވަޑައިގެންފައިކަން ފާހަގަކޮށްލެވެ އެވެ.
އަދި މި މައްސަލަައިގެ ތަހުގީގު ލަސްވެ އެ ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެ މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދެ މައްސަލައެއް ބަލައިނުގަނެ ވަނީ ބޭރުކޮށްލައިފަ އެވެ.