March 22, 2026
Advertisement
އެމްޑީ އަބޫ ސުފްޔާން: ވޭޕް ވިއްކައިކަމަށް ތުހުމަތު ކުރެވޭމީހާ
އެމްޑީ އަބޫ ސުފްޔާން: ވޭޕް ވިއްކައިކަމަށް ތުހުމަތު ކުރެވޭމީހާ / ޕޮލިސް

ގަވާއިދާ ހިލާފަށް ވޭޕް ވިއްކަމުން ދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Mar 6, 2025, 06:18 PM
މާލެ ސިޓީ

މާލޭގައި ވޭޕްގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

Advertisement

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެމްޑީ އަބޫ ސުފްޔާން، ބަންގްލަދޭޝް (27އ) އެވެ.

ފުލުހުން މިއަދު ބުނީ އެ ބިދޭސީމީހާ ދިރިއުޅޭ ތަނާއި އޭނާ މަސައްކަތްކުރާ ކެފޭބަލާފާސްކުރިއިރު، 84 ވޭޕް ކާޓްރިޖް އާއި ވޭޕް ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާ ފެނިފައިވާކަމަށެވެ.

މީގެ އިތުރުން، ގަލޮޅުގައި ހުންނަ ފިހާރައެއްގައި ވޭޕް ވިއްކައި ވިޔަފާރިކުރާ ކަަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ ފިހާރަ ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަނުގައި ފުލުހުންގެ އިތުރުން ހެލްތު މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީން ބައިވެރިވި ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުމަކީ މިހާރު ގާނޫނީ ގޮތުން ކުށެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved