March 22, 2026
Advertisement
ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ
ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ / ޕޮލިސް

ސިނގިރޭޓާ ދުރުކޮށްދޭ ވޭޕު، އަތުލުމުގެ ބާރު ފުލުހުންނަށް ދީފި

Hussain Nawaf
ހުސައިން ނަވާފް
Feb 12, 2025, 10:49 PM

ވޭޕް ނުވަތަ އިލެކްޓްރޯނިކް ސިނގިރޭޓުގެ ބާވަތްތައް ބޭނުން ކުރާ ފަރާތްތަކުގެ އަތުން އެފަދަ ތަކެތި އަތުލުމާއި އެކު ޖޫރިމަނާ ކުރުމުގެ ބާރު ގަވައިދަކުން ދީފިއެވެ.

Advertisement

ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލްކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް އެކަށައަޅައިފައިވާ ގަވާއިދު ޝާއިއުކޮށްފައިވަނީ މިއަދެވެ.

މި ގަވާއިދުގެ ދަށުން ވޭޕް ބޭނުންކުރަނިކޮށް ފެނިއްޖެ ނަމަ ނުވަތަ އަތުގައި އޮތް ނަމަ އެ އެއްޗެއް ކަމާގުޅޭ ތަންފީޒީ އިދާރާގެ ބާރުގެ ދަށަށް ނެގޭނެއެވެ. އަދި އެ މީހަކު 2،000 ރުފިޔާއިން ޖޫރިމަނާކޮށް، އެކަމާ ގުޅިގެން ފުލުހުން އަންގާ އެންގުމަކާ ޚިލާފު ވެއްޖެ ނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވައިދުގައިވެއެވެ.

މީގެ އިތުރުން، އެންގުމާ ޚިލާފުވަނީ ވިޔަފާރި ކުރާ ގާނޫނީ ފަރާތަކުން ނަމަ އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ހުއްދަ ބާތިލުކުރުމަށް ހުށަހެޅޭނެ ކަމަށް ގަވާއިދުގައިވެއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ތަންފީޒުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ގައެވެ.

ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން އެ މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 14 މައްސަލައެއްގައި 11 މީހަކު ޖޫރިމަނާ ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ސިނގިރޭޓު ޕްރޮމޯޓު ވާނެހެން އަދި ސިނގިރޭޓު ވިޔަފާރިކުރާ ފަރާތްތަކަށް ފައިދާވާނެހެން ގާނޫނަށް ގެނައި ބަދަލަކީ ވަކި ބަޔަކަށް މަންފާ ހޯދައިދުމަށް ސަރުކާރުން ނިންމި ނިންމުމެއް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރާއިރު، ވޭޕަކީ ސިނގިރޭޓަށް ވުރެ ސިއްހަތަށް ނުރައްކާ ކުޑަ އެއްޗަކަށްވެފައި ޖީލެއް ދުންފަތުން ސަލަމާތްކުރުމުގެ ނަމުގައި ވެސް ސަރުކާރުން އިސްކުރަނީ ވެރިންގެ މަސްލަހަތު ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved