March 22, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

އިންސާނީ ތޮބީއަތް ހަނގުރާމައެއް ފަދައިން އެއް ރެއަކުން ފަތަހަ ނުކުރެވޭނެ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Oct 29, 2025, 10:48 PM
މާލެ ސިޓީ

އިންސާނާ ތަބީއަތުގައި އަށަގަނެފައި ހުންނަ ކަންކަމަކީ އެއް ރެއިން ހަނގުރާމައެއް ހެން ފަތަހަކޮށް ބަދަލު ކުރެވޭނެ ކަންކަން ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ގާނޫނުތައް ހަދާއިރު އެކަންކަމުން ނިކުންނާނެ ނަތީޖާވެސް ވިސްނާލަން ޖެހޭނެ ކަމަށެވެ. އެގޮތުން ދާދި ފަހުން ދުންފަތުގެ ބާވަތްތައް އެތެރެ ކުރުން މަނާ ކުރާ ގާނޫނަކާ ވޭޕް ބޭނުންކުރުމާ އެތެރެ ކުރުންވެސް މަނާ ކުރާ ގާނޫނެއް ސަރުކާރުން ފާސްކުރުމުން ނުކުންނަމުންދާ ނަތީޖާގެ ނޭދެވޭ އަސަރު ފެންނަމުން ދާ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ، ނުހިފެހެއްޓޭ ވަރުގެ ގާނޫނުތައް ހަދައިގެން ލިބޭނީ ކޮޅު ކެހި ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އިންސާނާގެ ތަބީއަތުގައި އަށަގަނެފައިވާ އާދަކާދަތައް ނުވިސްނާ، ބާރު އޮތަތީ ކަންކަން ނިންމަމުންދާއިރު ފެންނަނީ އޭގެ ނުރަގަޅު ނަތިޖާ ކަމަށާ އެހެންކަމުން ރައީސް މުހައްމަދު މުއިއްޒު ދަސްކުރައްވަންވީ އިންސާނުންނާ ޖަނަވާރުންނާ ހުރި ތަފާތު ކަމަށެވެ. އެގޮތުން އިންސާނުންނަކީ ތަހުލީލުތައް ހަދަން ބޭނުންކުރާ ޖަނާރުންނާ އެއްފަދަ ބައެއް ނޫން ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ސިވިލް އިންޖިނިއަރިން ރައީސް މުއިއްޒު ކިޔަވާ ވިދާޅުވެގެން ހުންނެވުމުން އެ ޑައިމެންޝަން ނުލިބެނީ ކަމަށް ވުން ގާތް ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އިންސާނުން ގޮވައިގެން އުޅޭއިރު އެ އިންސާނުންގެ ތޮބީއަތު ވަރަށް ރަގަޅަށް ދަސްކުރަން ޖެހޭނެ ކަމަށާ، އެމީހުން ރުޅި އަންނާން ކަމާ ހިތް ހަމަ ނުޖެހޭނެ ކަމާ އެމީހުންގެ ބަލި ފަޔާ ހަސަދައާ ނަފްރަތާ އިންސާނުންގެ ބާރު ދައްކާނެ ކަން ވެސް ގަބޫލުކުރެވެން ވާނެ ކަމަށެވެ. އެވަރު ނުކުރެވޭ ނަމަ އެއީ ގަވަނަންސްއަށް ކޮލިފައިވާން ޝަރުތު ހަމަ ނުވަނީ ކަމަށްވެސް ރައީސް ޔާމީްނ ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved