April 25, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ސަރުކާރުގެ އަމަލުތަކުން ހާމަވަނީ ސުޕްރީމު ކޯޓަށް ހުށަހަޅާފައި އޮތީ ސައްޚަ ދުސްތޫރީ މައްސަލައެއްކަން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Mar 7, 2025, 04:48 AM
މާލެ ސިޓީ

ސަރުކާރުގެ އަމަލުތަކުން ހާމަވަނީ ސުޕްރީމު ކޯޓަށް ހުށަހަޅާފައި އޮތީ ސައްޚަ ދުސްތޫރީ މައްސަލައެއްކަން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެންއެފުން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ, ދުސްތޫރީ މައްސަލައެއް ހުށަހެޅި މައްސަލަ ސުޕްރީމު ކޯޓުގައި ހިނގަމުން ދަނިކޮށް ސަރުކާރުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުން ގެންދާއިރު ފަނޑިޔާރުން ސަސްޕެންޑްކޮށް އަމަލުކުރަމުން ގެންދާއިރު، ފަނޑިޔާރުންގެ މައްސަލަތައް ޕާކުކޮށްފައި ބޭއްވުމަށް ފަހު ދެން ސަރުކާރުން އެ މައްސަލަތައް ބޭނުން ކުރަނީ ހިމަ ރޮދިފަށަކުން ބޮލުގައި އަޅުވާލަން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުން އެހާ ވަރަށް ތެޅި ފޮޅެމުންދާތީ ޔަގީންވާ ކަމަކީ ކޯޓަށް ހުށަހެޅިފައި އޮތް މައްސަލައަކީ ސައްހަ މައްސަލައެއް ކަމަށެވެ.

ސަރުކާރުގެ އަމަލުތަކުން ހާމަވަނީ ސުޕްރީމު ކޯޓަށް ހުށަހަޅާފައި އޮތީ ސައްޚަ ދުސްތޫރީ މައްސަލައެއްކަން. ރައްޔިތުންގެ ކޯޓުގައި އަލީ ހުސެއިން މި މައްސަލަ ވިންކުރާނެކަން.

ރައީސް ޔާމިން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސް މެދުވެރިކޮށް ޖުޑިޝަރީއާ ކުޅެމުން ސަރުކާރުން ގެންދާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved