March 19, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

މަޖިލީހުގެ މަތި ގެއަކީ ދިމްޔާތު ދަށުގެއަކީ ރައްޔިތުންގެ މަޖިލިސް: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Mar 7, 2025, 10:20 PM
މާލެ ސިޓީ

ގައުމުގައި މިހާރު އޮތީ އެއްވެސް މިނިވަންކަމެއް ނެތް މަޖިލީހެއް ކަމަށް ވިދާޅުވެ އެ މަޖިލީހަކީ ދިމްޔާތު މަޖިލީހުގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ސިފަކުރައްވައިފިއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވާހަކަ ދައްކަވާފައިވަނީ ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސަރުކާރުން ކޯޓުތަކަށް އަތްބާނައި ޖުޑިޝަރީއަށް ނުފޫޒު ފޯރުވަމުންދާތީ، އެކަމަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ މި ގައުމުގައި ބަޔަކު ގުރުބާނީތަކެއް ވެގެން ގާނޫނުތަކެއް ހަދާފައި ވަނީ ވަރަށް މަތިވެރި މަގުސަދެއްގައި ތިންބާރު ވަކިވާނޭ ގޮތަށް ކަމަށާ އެ ތިން ބާރު ވަކިވެގެން އަންނައިރު، ތިން ބާރު ގައި ވެސް ތިއްބަވާނީ ވަރަށް ތަހުޒީބު ބައެއް ކަމަށް ބަލައިގެން ކަމަށެވެ.

އެގޮތުން ތިންބާރުގެ ތެރެއިން އެއްބާރު އަނެއް ބާރަށް ނުފޫޒު ނުފޯރުވޭ ގޮތަށާއި އެއްބާރު އަނެއް ބާރަށް ނުފޫޒު ފޯރުވައިފި ނަމަ ފިޔަވަޅުވެއް އެޅޭނެ ގޮތަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެހެން ނަމަވެސް ރާއްޖޭގެ ގާނޫނު އަސާސީ ފަރުމާކުރިއިރު އޮންނަނީ ރައްޔިތުންގެ މަޖިލީހަށް ހުރިހާ ބާރުތަކެއް ދޫކޮށްލާފައި ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ޖުޑިޝަރީގެ ބާރާއި ޖުޑީޝަރީ ހޮވުމާއި ޖުޑިޝަރީ ވަކިކުރުން ފަދަ ހުރިހާ ބާރެއް ދީފައި މި އޮންނަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި ރާއްޖޭގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ އެއްވެސް ކަހަލަ މިނިވަންކަމެއް، އެއްވެސް ގޮތަކަށް ރައްޔިތުން ތަމްސީލުކޮށްދިނުމެއް އޮންނަ މަޖިލީހެއް ނޫން ކަމަށެވެ.

ރާއްޖޭގައި މިވަގުތު މިއޮތީ އެއްވެސް މިނިވަންކަމެއް ނެތް ދިމްޔާތުގެ މަޖިލީހެއް. މަޖިލީހުގެ މަތި ގެއަކީ ދިމްޔާތު ދަށުގެއަކީ ރައްޔިތުންގެ މަޖިލިސް.

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވި ވެރިކަމަށް އަންނަ ބޭފުޅަކު މިހާ ދަށްކޮށް އަމަލުކޮށްފާނެ ކަމަށް ގާނޫނު އަސާސީ އެކުލަވާލި ބޭބޭފުޅުން ހިތަށްވެސް ނުގެނޭވޭނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved