March 19, 2026
Advertisement
ފަނޑިޔާރު މަހާޒު
ފަނޑިޔާރު މަހާޒު / ސޯޝަލް މީޑިއާ

ފަނޑިޔާރު މަހާޒު އާދިއްތަ ދުވަހު ޖޭއެސްސީއަށް ހާޒިރުވާން އަންގައިފި

Mar 7, 2025, 10:30 PM
މާލެ ސިޓީ

ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން މިވަގަތު ސަސްޕެންޝަންގައި ހުންނެވި، ފަނޑިޔާރު މަހާޒު އަލީ ޒާހިރު އާދިއްތަ ދުވަހު ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހާޒިރުވާން އެނގިކަން ހާމަވެއްޖެއެވެ.

Advertisement

"ތޭރައޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަނޑިޔާރު މަހާޒު, 9 މާރޗް 2025 ވާ އާދިއްތަ ދުވަހު ޖުޑިޝަލް ސާވިސް ކޮމިޝަންގެ ބިލްޑިން ހުންނަ ހ.ސަކީނާ މަންޒިލްގެ ގްރައުންޑް ފްލޯރއަށް ހާޒިރުވުމަށް އަންގާފައިވަނީ ބުރާސްފަތު ދުވަހުގެ ވަގުތެއްގައެވެ. ހާޒިރުވުމަށް އަންގާފައިވަނީ އެދުވަހުގެ މެންދުރުން އަނބުރާ 1 ޖަހާއިރަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަހާޒު ހާޒިރުކުރަނީ 4 ޑިސެމްބަރ 2024 ވަނަ ދުވަހު، މައްސައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ، ގއ. ދާންދޫ އަސަރީގެ ޑރ.އިސްމާއިލް ލަތީފްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާ މައްސަލަ އާއި ގުޅުން ހުރި ތުހުމަތުތަކާއި ގުޅިގެންނެވެ.

މައްސަލަ އާއި ގުޅިގެން ފަނޑިޔާރު މަހާޒު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ގުޅާ މި މައްސަލަ އަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ ޖޭއެސްސީއަށް އަމިއްލަ ފަރާތަކުން މައްސަލަ އެއް ހުށަހަޅާފައިވާ ކަމަށް ޖޭއެސްސީން ވަނީ މަހާޒު އަށް އަންގާފައިވާ ކަމަށް ވެއެވެ. މައްސަލަ ބަލަމުން ދަނީ ކޮމިޝަންގެ އަމިއްލަ އިސްނެގުމާއި އެކުގައި ކަމަށް ވެސްވެއެވެ.

ދުސްތޫރީ މައްސަލަ އެއް ސުޕްރީމް ކޯޓުަގައި ހިނގަމުން ދަނިކޮށް ޖޭއެސްސީން މަހާޒް ހިމެނޭހެން ސުޕްރީމްކޯޓުގެ 3 ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑްކޮށްފައި ވަނީ ނިމިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved