April 18, 2026
Advertisement
މުހައްމަދު މަލީހް ޖަމާލް
މުހައްމަދު މަލީހް ޖަމާލް / ތޭރަ އޮންލައިން

ރައީސް މުއިއްޒުގެ ސަރުކާރުގައި އޮތީ ވައްކަމާއި ފަސާދަ އާންމުވެފައި: މަލީހު

Hussain Nawaf
ހުސައިން ނަވާފް
Mar 8, 2025, 08:43 PM

ރައީސް މުއިއްޒުގެ ސަރުކާރުގައި އޮތީ ވައްކަމާއި ފަސާދަ އާންމުވެފައިކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްފައެވެ.

އެގޮތުން މިއަދު ދައުލަތުން ދަނީ ރައްޔިތުންނަށް ދޮގު ހަދައި މަކަރު ހެދުމަށްފަހު އޮޅުވާލަމުންކަމަށް މަލީހު ވިދާޅުވިއެވެ.

މިއަދު ދައުލަތުން މަސައްކަތް ކުރަމުން ގެންދަނީ ފަނޑިޔާރު ގެއަށް އަތް ބޭނުމަށްފަހު ގާނޫނު އަސާސީ މުގުރާލަމުންކަމަށް މަލީހު ފާހަގަ ކުރެއްވިއެވެ. އަދި މުޅި ދައުލަތުގެ ތެރޭގައި އޮތީ ވައްކަމާއި ފަސާދަ އާންމުވެފައިކަމަށް ވިދާޅުވެ މަލީހުވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން ރައްޔިތުންގެ ހައްގުތައް ކަށަވަރުވާފަދަ ހެޔޮ ވެރިކަމެއް މިންވަރު ކުރެއްވުމަށް މަލީހުވަނީ ޕޯސްޓު ނިންމާލަމުން ދުއާ ދަންނަވާފައެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާއި ހަވާލުވެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުން ހުއްޓާލިކަންވަނީ ހާމަވެފައެވެ.

ނަމަވެސް 50 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ބަޖެޓެއް ހުސްކޮށް އެެއްވެސް ފައިދާއެއް ރައްޔިތުންނަށް ނުވުމާއި ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުންދަނީ ސަރުކާރުންދަނީ ވައްކަން ކުރަމުންކަމަށް ތުހުމަތުކޮށް ނުރުހުން ފާޅު ކުރަމުންނެވެ. އެގޮތުން ރޭ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން ސަރުކާރު ޖަވާބުދާރީ ކުރުމަށް ސުލްހަވެރި އިހުތިޖާޖެއް ކުރިއަށް ގެންދަނިކޮށް ބާރުގެ ބޭނުންކޮށް އެ އިހުތިޖާޖުވަނީ ފުލުހުން ބާރުގެ ނަހަމަ ބޭނުން ކުރުމަށްފަހު ރޫޅާލާފައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved