March 10, 2026
Advertisement
ދިރާގުން ބާއްވާ ގުޑި ފެސްޓުގެ ތެރެއިން
ދިރާގުން ބާއްވާ ގުޑި ފެސްޓުގެ ތެރެއިން / ދިރާގު

ދިރާގުގެ ގުޑި ފެސްޓުގެ ފުރަތަމަ ހަރަކާތް މިއަދު

Hussain Nawaf
ހުސައިން ނަވާފް
Mar 8, 2025, 08:52 PM

ދިރާގުން ބާއްވާ ގުޑި ފެސްޓުގެ ފުރަތަމަ ހަރަކާތް މިއަދު ބާއްވަން ނިންމައިިފިއެވެ.

Advertisement

މާލެ ސިޓީ ކައުންސިލާ ގުޅިގެން ބާއްވާ އެ ހަރަކާތް އޮންނާނީ އުސްފަސްގަނޑުގައި މިއަދު ހަވީރު 5:00 އިން 6:00 އަށެވެ. މީގެ އިތުރުން ހުޅުމާލެ އަދި އެހެން ރަށްރަށުގައި ރޯދަމަހުގެ އެކި ދުވަސްތަކުގައި ގުޑި ފެސްޓު އޮންނާނެކަން ދިރާގުންވަނީ ހާމަކޮށްފައެވެ.

މި ހަރަކާތުގައި ހުރިހާ އުމުރުފުރައެއްގެ ކުޑަކުދިންނަށް ބައިވެރިވެވޭނެ އެވެ. އަދި ހަރަކާތުގައި ބައިވެރިވާ ކުދިންނަށް ދިރާގުން ހިލޭ ގުޑިއެއް ވެސް ލިބޭނެއެވެ.

ދިރާގުން ބުނީ ގުޑިފެސްޓް އަކީ ރޯދަމަހު ދިވެހިންގެ މެދުގައި ޒަމާންވީ ސަގާފީ އާދަކާދައެއްގެ ގޮތުގައި އޮތް ގުޑި އެރުވުމުގެ ހަރަކާތަށް ކުޑަކުދިން އަހުލުވެރިކޮށް، އެ ސަގާފަތް ދިރުވުން ކަމަށެވެ.

ގުޑި ފެސްޓު ހަރަކާތް ފެށީ 2023 ވަނަ އަހަރު އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved