March 19, 2026
Advertisement
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު / ދައުރު

ފަނޑިޔާރު މަހާޒު އަލީ ޒާހިރު ޖޭއެސްސީއަށް މިއަދު ހާޒިރުކޮށްފި

Hussain Nawaf
ހުސައިން ނަވާފް
Mar 9, 2025, 08:25 PM

ފަނޑިޔާރު މަހާޒު އަލީ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީއަށް މިއަދު ހާޒިރުކޮށްފިއެވެ.

Advertisement

މަހާޒު އެ ކޮމިޝަނަށް މިއަދު ހާޒިރުކުރީ މެންދުރުފަހު 1 ޖަހާއިރަށެވެ. އޭނާ ހާޒިރުވީ ގާނޫނީ ވަކީލު ފައިސަލް މުހައްމަދާ އެކު އެވެ.

އެގޮތުން ޖޭއެސްސީން ބަލަމުން ދާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްރަލްދާގެ ފިރިކަލުން އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައިގައި އަޒްމިރަލްދާގެ އިތުރުން މަހާޒުގެ މައްޗަށްވެސް ތުހުމަތު ކުރެއެވެ.

ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބައްލަވަމުން ގެންދަވަނިކޮށް ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން އެ މައްސަލަ ވަނީ ހުއްޓިފައެވެ.

ސަސްޕެންޑްކޮށްފައިވަނީ ފަނޑިޔާރުން ހުސްނު ސުއޫދާއި ޑރ އަޒްމިރަލްދާ ޒާހިރުގެ އިތުރުން މަހާޒް އަލީ ޒާހިރެވެ.

އަޒްމިރަލްދާ ހާޒިރުކުރުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ވަގުތަކަށެވެ. އަޒްމިރަލްދާގެ ފަަރާތްޕުޅުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެއީ ސުޕްރީމް ކޯޓަށް ސަރުކާރުން ނުފޫޒު ފޯރުވަން ވެގެން އުފައްދައިގެން އުޅޭ މައްސަލައެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މީގެ އިތުރުން ރައީސް ޑރ މުހައްމަދު މުއިއްޒު ގެންދަވަނީ ގާނޫނޫ އަސާސީއަށް ހިލާފުވުމަށްފަހު އެތައް ނުފޫޒުތަކެއް ފޯރުވަން މަސައްކަތް ކުރަމުންކަމަށް ވިދާޅުވެ ފަނޑިޔާރު ހުސްނުސުއޫދުވެސް އިސްތިއުފާ ދިންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved