

އެއްވެ އުޅުމުގެ ގާނޫނު އިސްލާހް ކުރަން މަޖިލީހަށް ހުށަހަޅާނެ ކަމަށް ބަންޑާރަ ނައިބް އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އެއްވެ އުޅުމުގެ ގަނޫނު އޮތީ ގާނުނު އަސާސީއާ ހިލާފަށް ކަމަށް ކުރިން އުޝާމް ވިދާޅުވިކަމަށާއި، އެ ގާނޫނު ބާތިލް ކުރަން އެއްވެސް ވިސްނުންފުޅެއް ގެންގުޅުއްވަންތޯ އާއި ކުރިއަށް އޮތްތަނުގައި ހުށަހަޅުއްވާނެތޯ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އުޝާމް ވިދާޅުވީ، އެއްވެ އުޅުމުގެ ގާނޫނު އިސްލާހް ކުރުމަކީ މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނިފައި އޮތް ކަމެއް ކަމަށެވެ.
2013 ފާސްކުރި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް 2016 ވަނަ އަހަރު އިތުރުކުރި އަކުރުގައި ބުނެފައިވަނީ ވެރިރަށް މާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވާ ނަމަ އެކަން ކުރެވޭނީ ލިޔުމަކުން ފުލުހުންގެ ހުއްދަ ހޯދައިގެން، ނުވަތަ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށެވެ.
އެއްވެ އުޅުމުގެ ގާނޫނު އިސްލާހް ކުރުމަކީ މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނިފައި އޮތް ކަމެއް. އެހެންވީމަ އަޅުގަނޑުމެން އިސްލާހު މަޖިލީހަށް ހުށަހަޅާނަން
މީގެ ކުރިން ސުލްހަވެރި މުޒާހާރާތައް ކުރެވޭނީ ހެންވޭރު ކާނިވާ ސަރަޙައްދުގައި އެކަނި ކަމުގައި ވިޔަސް، މާލޭގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ފުރުސަތު އިތުރަށް ފަހިކުރުމުގެ ގޮތުން، ފުލުހުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނެ 4 ސަރަހައްދެއް މި ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.
ސަރުކާރުން އަންނަނީ އިދިކޮޅު ފަރާތްތަކަށް ސަރުކާރާއި ދެކޮޅަށް ނުވަތަ ސަރުކާރު ޒިންމާދާރުކުރުވުމަށް އަޑުއުފުލޭނެ ހުރިހާ ދޮރެއް ބަންދުކުރަމުންނެވެ.