theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
.. / މަޖިލިސް
ސިޔާސީ
ބެސްޓިނެޓް އެއްބަސްވުމުގެ ސަބަބުން ދިވެހި ދައުލަތައް ގެއްލުމެއް ނުލިބޭނެ: އުޝާމް
Yana Shareef
ޔާނާ ޝަރީފް
15 އޮކްޓޯބަރު 2025

ރާއްޖޭގައި އެކްސްޕެޓް ސިސްޓަމް ހަދަން ހަވާލުކޮށްފައިވާ މެލޭޝިޔާގެ ބެސްޓިނެޓް ކުންފުންޏާއެކު މިހާރު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ ސަބަބުން ދިވެހި ދައުލަތައް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިފަދައިން ވިދާޅުވެފައިވަނީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބެސްޓިނެޓް ކުންފުންޏާ ގުޅޭގޮތުން ދެއްކެވި ވާހަކައިގައެވެ.

އުޝާމް ވިދާޅުވީ ބެސްޓިނެޓާއިއެކު ވެފައި އޮތް އެއްބަސްވުމުން އެކުންފުންޏަށް "ބައެއް އެކްސްކްލޫސިޓިވިޓީ" ލިބޭނެ ކަމަށެވެ. ނަމަވެސް ތަފްސީލުތައް އުޝާމް ހިއްސާކޮށްފައި ނުވެއެެވެ.

ބެސްޓިނެޓް އެއްބަސްވުމާއި ގުޅިގެން ކަންކަން ހިނގި ގޮތުގެ ތަފްސީލްތައް ދެއްވަމުން އުޝާމް ވިދާޅުވީ ބިދޭސީންގެ ކަންކަން ބެލެހެއްޓުން އިކޮނަމިކް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމުން އެއްބަސްވުން ތަންފީޒު ކުރުމުގައި ހުރި ދަތިތައް ބަޔާންކޮށް 2019 ވަނަ އަހަރު އިމިގްރޭޝަނުން ބަންޑާރަނައިބުގެ އޮފީހަށް ސިޓީއެއް ފޮނުވި ކަމަށެވެ.

ބެސްޓިނެޓު އެއްބަސްވުން ދެމެހެއްޓުމާ ގުޅޭ ގޮތުން ޕޮލިސީ ލެވެލްގައި ނިންމުމަށް ނިންމަންޖެހޭ ކަމަށާއި، ޕޮލިސީ ލެވެލްގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އިމިގްރޭޝަނުން ގޮތެއް ނިންމާފައި، އެކަން ބަންޑާރަ ނައިބުގެ އޮފީހަށް ހިއްސާކޮށްދިނުމަށް ބަންޑާރަ ނައިބުގެ އޮފީހުން އިމިގްރޭޝަނަށް 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެންގި ކަމަށް އުޝާމް ވިދާޅުވިއެވެ. 

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved