March 15, 2026
Advertisement
މާލޭގެ ތިން ސަރަހައްދެއްގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ފަށައިފި
މާލޭގެ ތިން ސަރަހައްދެއްގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ފަށައިފި / އެމްއެންޑީއެފް

މާލޭގެ މަގުތަކުން ފެން ހިންދަން ސިފައިން ނެރެފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Mar 12, 2025, 03:10 AM
މާލެ ސިޓީ

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މާލޭގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތަށް ސިފައިން ނެރެފި އެވެ.

Advertisement

އެމްއެންޑީއެފްއިން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ މާލެއަށް ބޯކޮށް ވާރޭވެހުމާ ގުޅިގެން، ފެން ހިންދުމުގައި ސިފައިން ހަރަކާތްތެރިވަމުން ދާކަމަށެވެ.

އެގޮތުން މިވަގުތު ފެން ހިންދުމަށްޓަކައި މާލޭގެ ތިން ސަރަހައްދެއްގައި ހަ ޕަންޕު ބަހައްޓައިގެން މަސައްކަތްކުރަމުން ދާކަމަށް ވަނީ ބުނެފަ އެވެ.

މިއަދު ހަވީރު ވެހެން ފެށި ވާރޭގައި، މާލޭގައި އާންމުކޮށް ފެން ބޮޑުވާ ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ.

ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހި، އުތުރުގެ އަތޮޅުތަކަށް މިއަދާއި މާދަމާ ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އޮތީ ލަފާކޮށްފަ އެވެ.

މާލެ ހިމެނޭ ސަރަހައްދަށް މޫސުން ގޯސްވެފައިވާއިރު، މެޓް އޮފީހުން ވަނީ ރ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް މިރޭ 11 ޖެހުމާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved