March 16, 2026
Advertisement
މުހައްމަދު މަލީހު ޖަމާލް
މުހައްމަދު މަލީހު ޖަމާލް / ތޭރަ އޮންލައިން

ފެންނަނީ ޕީވީސީ ޕާޓީ ބޮކިޖަހާފަ އަޑިއަށް ދާތަން: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Mar 13, 2025, 02:55 AM
މާލެ ސިޓީ

ސިޔާސީ މަސްރަހަށް ބަލާއިރު ފެންނަމުން ދަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ސިޔާސީ މައިދާނުން ބާކީވެ މަގްބޫލުކަން ގެއްލޭ މަންޒަރު ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހު ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމަށް (ޖ. ނާޒިމް) އަށް މަޖިލިސް ރައީސްކަން ރައީސް މުހައްމަދު މުއިއްޒު ނުދެއްވައިގެން އުޅެނީ މިހާރު މަޖިލިސް ރައީސްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމު އަބްދުﷲ (އަދުރޭ)އަށް ވުރެވެސް ނާޒިމްގެ ނުބައިނުލަފާކަން ބޮޑުވާނެތީ ކަމަށް އެތެރެ ކޮއިލުގެ ޚަބަރުތަކުން ހާމަވާ ކަމަށެވެ.

އެގޮތުން އެބައެއްގެ ރޮނޑުގެ ހަންދަމާނީ އެބަޔަކު ބޭނުންވާ ގޮތަށް ކަމަށާ ނަމަވެސް ފެންނަމުން ދަނީ ޕީވީސީ ޕާޓީ ބޮކިޖަހާފަ އަޑިޔަށް ދާތަން މަންޒަރު ކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، މަޖިލީހުގެ ރައީސްކަމުން އަބްދުއްރަހީމު ދުރުކޮށް އެ މަގާމަށް އިންގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ÷ިޛީ ލީޑަރު އިބްރާހިމު ފަލާހު ގެންނަން ސިއްރު މަޝްވަރާތައް ޕާޓިގެ ތެރޭގައި ކުރިއަށް ގެންދާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އަދި މިހާރު ރައީސް މުއިއްޒު ވަނީ ޕީއެންސީ ހިންގުމިގެ ބާރުވެސް އަބްދުއްރަހީމު އަތުން ނަގާ ފަލާހު އާ ހަވާލުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved