March 15, 2026
Advertisement
ގެއްލިގެން ހޯދާ ހައްވާ ހަސަން --
ގެއްލިގެން ހޯދާ ހައްވާ ހަސަން -- / ޕޮލިސް

މާލެއިން އަންހެނަކު ގެއްލުނުތާ ފަސް ދުވަސް، ހޯދަން ފަށައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Mar 13, 2025, 05:58 PM
މާލެ ސިޓީ

މާލެއިން މީހަކު ގެއްލިގެން އޭނާ ހޯދަން އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެ އެވެ.

Advertisement

ގެއްލިގެން ހޯދަމުންދަނީ އުމުރުން 31 އަހަރުގެ ހ. ބްލޫލޫން، ހައްވާ ހަސަންއެވެ.

އޭނާ ގެއްލުމާ ގުޅިގެން ފުލުހުން އާންމުކުރި މައުލޫމާތުގައި ވަނީ، ހައްވާ ހަސަން ގެއިން ދިޔަފަހުން ޚަބަރެއް ނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.

އެހެންވެ، އޭނާގެ ފޮޓޯ އާންމުކޮށް، އޭނާ ހޯދުމުގައި އާންމުންގެ އެހީއަށް ފުލުހުން ވަނީ އެދިފަ އެވެ.

ފުލުހުން ވަނީ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ މާފަންނު ޕޮލިސް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9660183 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.

އަންހެނަކު ގެއްލިގެން ހޯދަން އިއުލާނުކުރިއިރު، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އާއިލާއަށް ހަބަރެއް ނުވާތީ ނ. މަނަދޫ، އަބްދުﷲ ޝިހާދު ހޯދުމުގެ މަސައްކަތް ވެސް ފުލުހުން ދަނީ ކުރަމުންނެވެ.

އޭނާ ވެސް ގެއްލުނީ މާލެއިން ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved