March 10, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ރައީސް ޔާމީން، ރައީސް މުއިއްޒަށް: ޣައްޒާގައި ތިބި މުސްލިމުންގެ ހައްގުގައި ހިޕޮކްރިސީ ދޫކޮށްލައްވާ އެ ރައްޔިތުންގެ ހައްގުގައި ތެދުވެވަޑައިގަންނަވާ

Mariyam Isaadha
މަރިޔަމް އިސާދާ
Mar 14, 2025, 04:23 AM
މާލެ ސިޓީ

ޣައްޒާގައި ތިބި މުސްލިމުންގެ ހައްގުގައި ހިޕޮކްރިސީ ދޫކޮށްލައްވާ އެ ރައްޔިތުންގެ ހައްގުގައި ތެދުވެވަޑައިގަންނެވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒަށް ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފިއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ގޮވާލެއްވީ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، އިޒްރާއީލުން ޣައްޒާގެ ކަރަންޓު ކަނޑާލުން ދިވެހި ސަރުކާރުން އެކަމާ ދެކޮޅަށް ބަހެއް ބުނެލަން ނުކެރުމަކީ ހިތާމަ ހުރި ކަމެއް ކަމަށެވެ. އެގޮތުން މާތްވެގެންވާ ރަމަޟާން މަސް ފެށުނީއްސުރެ ވެސް އަސާސީ ހައްގުތަކުން ޣައްޒާގެ ރައްޔިތުން މަޙްރޫމުކޮށް ރައްޔިތުންނަށް ދުއްތުރާ ޖައްސަމުން ދާއިރު ދިވެހި ސަރުކާރުން އެކަމާ އެކޝަނެއް ނުނަގާ ތިބެނީ ސަހްޔޫނީންނާ މި ސަރުކާރުގެ ވެރިންނާ ގުޅުމެއް އޮތުުމުން ކަމަށް ތުހުމަތުޔ ކުރެވޭ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، މުސްލިމުންގެ އަޚުންނާ އުޚްތުންގެ ދިފާއުގައި ދިވެހި ސަރުކާރުން ތެދުވަން ޖެހޭ ކަމަށާ ދިވެހި ސަރުކާރުގައި އެ ހިތްވަރު ހުންނަން ޖެހޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ސަހްޔޫނީން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށްލުމުން ނުފުދޭ ކަމަށެވެ.

ދީނީ އިލްމުވެރިންވެސް މިކަމުގައި ބަހެއް ނުބުނޭ. ސަރުކާރަށްވެސް ޕްރެޝަރ ނުކުރޭ. އަޅުގަޑު ދިވެހި ސަރުކާރަށް މުއިއްޒަށް ކުރާ އިލްތިމާސްއަކީ ތި ހިޕޮކްރިސީ ދޫކޮށްލައްވާ އެ ރައްޔިތުންގެ ހައްގުގައި ތެދުވެވަޑައިގަންނަވާށޭ. ހިތްޕުޅުގައި ތި ވިދާޅުވާ މިންވަރަށް ޖެހޭނަމަ ސަރުޚާރުގެ ވަޒީރުން ފޮނުވައިގެން ސަހްޔޫނީނަށް މި ވާހަކަ ދަންނަވާ މިކަން ކަމަށް ހައްލު ހޯއްދަވާށޭ.އިޒްރާއީލުން ޣައްޒާއިން އަސާސީ ހައްގުތައް ބަންދުކޮށް ހިންގަމުންދާ ލާއިންސާނީ އަމަލު ހަރުކަށި އިބާރާތުން ދިވެހި ރައްޔިތުންގެ ފަރާތުން އަޅުގަޑުމެން އެކަން ކުށްވެރިކުރަން.

ރައީސް ޔާމީން

އިޒްރާއީލު ޕާސްޕޯޓު މަނާ ނުކޮށް ދައްކަވަނީ ހުސް ބަހަނާ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved