May 5, 2026
Advertisement
މުޙައްމަދު އަނަސް
މުޙައްމަދު އަނަސް / އައްޑޫ ލައިވް

ޕީސީބީގެ ރައީސްކަމަށް އަނަސް އައްޔަން ކުރައްވައިފި

Hussain Nawaf
ހުސައިން ނަވާފް
Mar 14, 2025, 08:55 PM

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު ޕީސީބީގެ ރައީސްކަމުގެ މަގާމަށް ފިނޭންސް މިނިސްޓްރީގެ ކުރީގެ ނައިބު މުޙައްމަދު އަނަސް އައްޔަން ކުރައްވައިފިއެވެ.

Advertisement

ޕީސީބީ އުފައްދާފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުންނެވެ.

އަނަސް މި މަގާމަށް އައްޔަން ކުރައްވާފައި މިވަނީ މި މަގާމުގައި ކުރިން ހުންނެވި ހަމްދީ އަގީލް މަގާމުން ވަކި ކުރުމާއި ގުޅިގެންނެވެ. އޭނާ ޕީސީބީގެ ރައީސަކަށް އައްޔަންކުރީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ދުވަހެވެ. އަދި އޭނާ މަގާމުން ވަކި ކުރީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.

ޕީސީބީއަކީ ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަންކުރުމުގެ އިތުރުން، އެ ކުންފުނިތަކުގެ އިސްވެރިން ވަކިކުރުމާއި އައްޔަންކުރުމުގެ ބާރު ލިބިގެންވާ މުހިންމު އިދާރާއެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved