March 10, 2026
Advertisement
ދިރާގުން ބާއްވާ ގުޑި ފެސްޓުގެ ތެރެއިން
ދިރާގުން ބާއްވާ ގުޑި ފެސްޓުގެ ތެރެއިން / ދިރާގު

އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ދިރާގުގެ ގުޑިފެސްޓް ހުޅުމާލޭގައި ބާއްވަައިފި

Hussain Nawaf
ހުސައިން ނަވާފް
Mar 15, 2025, 05:32 AM

އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ދިރާގުގެ ގުޑިފެސްޓް ހުޅުމާލޭގައި ބާއްވަައިފި އެވެ.

Advertisement

ދިރާގު ގުޑި ފެސްޓު ބޭއްވީ ހުޅުމާލެ ފޭސް 2 އަށް ވަންނަ ސަރަހައްދުގައި އޮންނަ ދިރާގު ބީޗުގައެވެ.

ހުރިހާ އުމުރުފުރާއެއްގެ ކުދިންނަށް ވެސް ބައިވެރިވެވޭ ގޮތައް ކުރިއަށްގެންދާ އެ ހަރަކާތުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ވެސް ދިރާގުގެ ފަރާތުން ގުޑިއެއް މުޅިން ހިލޭ ލިބިގެންދާނެ އެވެ.

ދިރާގު ގުޑިފެސްޓްއަކީ ރޯދަ މަހު ދިވެހީންގެ މެދުގައި އޮންނަ ޒަމާންވީ ސަގާފީ އާދަކާދައެއް ކަމުގައިވާ ގުޑި އެރުވުމަށް ގިނަ ކުދިން އަހުލުވެރި ކުރުވުމުގެ ގޮތުން 2023 ވަނަ އަހަރު އެ ކުންފުނިން ފެށި ހަރަކާތެކެވެ.

މި ރޯދަ މަހުގެ ފުރަތަމަ ގުޑިފެސްޓް މިދިޔަ ހޮނިހިރު ދުވަހު މާލޭ އުސްފަސްގަނޑުގައި ބޭއްވިއިރު، އެ ހަރަކާތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.

ދިރާގުން އަންނަނީ ރޯދަ މަހާ ގުޅުވައިގެން އާންމުންނަށް ތަފާތު ހަރަކާތްތަކާއި އަގުހުރި އޮފާތައް ގެނެސްދެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved