March 10, 2026
Advertisement
ދިރާގުގެ އިޝްތިހާރެއް
ދިރާގުގެ އިޝްތިހާރެއް / ދިރާގު

ރޯދަ މަހަށް ހާއްސަކޮށް ދިރާގުގެ އެޕް މެދުވެރިކޮށް ޑޮނޭޓްކުރެވޭ ފީޗައެއް

Hussain Nawaf
ހުސައިން ނަވާފް
Mar 16, 2025, 08:21 PM

ރޯދަ މަހަށް ހާއްސަކޮށް ދިރާގުގެ އެޕް މެދުވެރިކޮށް ޑޮނޭޓްކުރެވޭ ފީޗައެއް ތައާރަފްކޮށްފި އެވެ.

Advertisement

މި ފީޗަރ އާއިއެކު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޮނޭޓްކުރެވޭނެ މަގު ތަނަވަސްކޮށްދީފައިވާނެކަމަށް ދިރާގުން ބުނެއެވެ.

ޑޮނޭޓްކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެޕްގައިވާ ޕްރީ ސެޓް އަދަދުތަކުން އަދަދެއް ހިޔާރުކޮށް ފަސޭހަކަމާއެކު ހަދިޔާ ކުރެވޭނެ އެވެ. އެގޮތުން ޕްރީ ސެޓް އަދަދުތަކަކީ 10ރ.، 50ރ.، 100ރ.، އަދި 500ރ. އެވެ. މީގެ އިތުރުން ޕްރީޕެއިޑް ކަސްޓަމަރުންނަށް ބާކީ ހުރި ޕްރީޕެއިޑް ބެލެންސް ބޭނުންކޮށްގެން ހަދިޔާ ކުރެވޭނެ އެވެ.

ދިރާގުގެ ކަސްޓަމަރުންނަށް އެޕް މެދުވެރިކޮށް ޑޮނޭޓް ކުރެވޭނީ އަމާން ވެށި، އަމާން ހިޔާ އަދި ފިޔަވައްޗަށެވެ. ފިޔަވައްޗަކީ މާލޭ ސަރަހައްދަށް ނިސްބަތްވާ ކުދިންނަށް ހާއްސަކޮށްފައިވާ ހިޔާއެވެ. އަމާން ވެށި އަދި އަމާން ހިޔާގައި ތިބެނީ ރާއްޖޭގެ އެހެން ހުރިހާ ކަންކޮޅުތަކަށް ނިސްބަތްވާ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނެވެ.

ކަސްޓަމަރުންގެ އިތުރުން ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް 150،000ރ. ހަދިޔާ ކުރުމަށް ދިރާގުން ވަނީ ނިންމާފައެވެ.

ދިރާގުން ދަނީ މުޅި ރާއްޖޭގެ ހުރިހާ އަމާން ވެށި އަދި އަމާން ހިޔާތަކަށް ދިރާގު ހައި-ސްޕީޑް އިންޓަނެޓް ފޯރުކޮށްދީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތައުލީމީ ބޭނުންތައް ފުއްދައިދިނުމަށް އެހީތެރިވަމުންކަންވެސް ފާހަގަކޮށްލެވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved