

މި ރޯދަ މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ޒަކާތު ހައުސް އިން ބުނެފި އެވެ.
ޒަކާތު ހައުސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އެ އިދާރާއަށް ލިބުނު 2.9 މިލިއަން ރުފިޔާއަކީ އޮންލައިންކޮށް އަދި ޒަކާތު ހައުސްގެ ކައުންޓަރުތަކުން ބަލައިގެންފައިވާ އަދަދުތަކެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް އެސްއެމްއެސް އަދި އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ އެެވެ.
ޒަކާތު ހައުސިން އިން ބުނީ މާލެ ސިޓީ ފިޔަވައި އެހެން ރަށްރަށުގައި ނަގުދު ފައިސާ އިން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެ ރަށެއްގެ ކައުންސިލުން ކަމަށެވެ.
ރަމަޟާން މަހުގެ ފަހު 10 ދުވަސް ސަރުކާރު ބަންދު ދުވަސް ތަކުގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް ޒަކާތް ބަލައިގަންނާނެ ކަމަށްވެސް ޒަކާތު ހައުސް އިން ބުންޏެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު:
އާދައިގެ ހަނޑޫ: 12ރ.
ތައިލެންޑް ހުދު ހަނޑޫ: 62ރ.
* ރަތް ހަނޑޫ: 86ރ.
* ބާސްމަތީ ހަނޑޫ (އާދައިގެ): 74ރ.
* ބާސްމަތީ ހަނޑޫ (މޮޅު): 100ރ.
* ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 133ރ.
* އާދައިގެ ފުށް: 10ރ.
8- އާޓާ ފުށް: 75ރ.
ފިޠުރު ޒަކާތަކީ ރޯދަ މަހާ ވިދިގެން ދައްކަން ފަރުޟުކޮށްފައިވާ ޒަކާތެކެވެ.