March 27, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ޕީޕީއެމް

ގައުމުގެ އިގްތިސޯދު އޮތީ ބޭރަށް ހިންގުން ޖެހިފައި: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Mar 18, 2025, 07:05 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ އިގްތިސޯދު އޮތީ ބޭރަށް ހިންގުން ޖެހިފައިކަމަށާ އެ ބަލި ހުއްޓުވުމަށް ވެރިން ތިބީ ނުކުޅެދިފައި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ގައުމުގެ ދަރަނި މަތިވެ ދަރަނި ދެއްކޭނެ ފަހި ގޮތެއް ނެތި އިގްތިސޯދު އިނދަ ޖެހެމުންދާ ދިއުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ކުރީ ސަރުކާރުގެ ދަރަނީގެ ވާހަކަ މި ސަރުކާރުގެ ވެރިން ދައްކަމުންދާއިރު މި ސަރުކާރު އެކަނި އުދެއްދި ދރަނި 150 ހާސް މިލިއަނަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ. މީގެ އިތުރުން އެސްއޯއީތަކުން ލިބޭ ފއިސާ ވެސް ނަހަމަ ގޮތުގައި ރައީސް މުހައްމަދު މުއިއްޒު ބޭނުން ކުރައްވާ އެ ކުންފުނިތައް ވެސް މިހާރު ވަނީ ދަރަނިވެރިވެފައިކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ޓުއަރިޒަމް އިންޑަސްޓްރީ ވެސް ހުއްޓިފައިކަމަށާ ސަރުކާރުގެ ޕީއެސްއައިޕީ އޮތީ ވެސް ހުއްޓިފައިކަމަށެވެ. އެހެންކަމުން މިއަދު ގައުމުގައި ލިކިއުޑީޓި ނެތް ކަމަަ ގައުމުގެ އިގްތިސޯދު އޮތީ ބޭރަށް ހިންގުން ޖެހިފައި ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ފާޑުވިދާޅުވެފައެވެ.

އިގްތިސޯދު މިއޮތީ ބޭރަށް ހިންގުން ޖެހިފައި. ޑައިރިއާ ރަގަޅު ނުކުރެވޭ. ދެން ގޮތް ހުސްވީމަ ލޯ މަރާލާފައި ފައިސާ ޗާޕުކުރަނީ. ރާއްޖޭގެ އިންފްލޭޝަން ހުރީ 8 ޕަސަންޓަށް ވުރެ މަތީގައި. ދެން އިންވެސްޓްމަންޓު ދައިޑުން ޕީއެސްއައިޕީ ނެތް. ޕްރައިވެޓު ސެކްޓަރ ހުއްޓިފައި. ދެން ކޮން ގްރޯތެއްތޯ މިތާ އޮތީ؟ ލިކިއުޑީޓި މިއޮތީ ދިޔަދޮވި ވަކި ކޮޅަކަށް ފަހިކޮށްފައި އޮތީ.

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ، ގައުމުގެ ދަރަނި ދައްކަން ފެހި ސިގްނަލް ލިބިފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ފެންނަމުން ދަނީ ގައުމުގެ ކަންކަން ޓަޗަރީ ފެންވަރުގައި ރެޑް ލައިޓިގައި އޮތް މަންޒަރު ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved