March 19, 2026
Advertisement
ސްޓެލްކޯ އިން ގެނައި ބެޓެރީ ސްކޫޓަރުތަކެއް ކަސްޓަމްސްއިން ނެރެގެން ގެންދަނީ.
ސްޓެލްކޯ އިން ގެނައި ބެޓެރީ ސްކޫޓަރުތަކެއް ކަސްޓަމްސްއިން ނެރެގެން ގެންދަނީ. / ސޯޝަލް މީޑިއާ

ސްޓެލްކޯއިން ސްކޫޓަރު ވިއްކަނީ، ޕީއެންސީގެ ކެލާ ދާއިރާގެ މެމްބަރުގެ މަސްލަހަތު އޮތްކަމުގެ އަޑުތަކެއް!

Mar 18, 2025, 10:02 PM
މާލެ ސިޓީ

ސަރުކާރުގެ ކަރަންޓު ކުންފުނި، ސްޓޭޓު އިލެކްޓރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އިލެކްޓްރިކު ސްކޫޓަރ ގެނެސް ވިއްކަން ފަށައިފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Advertisement

ނަން ހާމަނުކުރުމަށް އެދި ސްޓެލްކޯގެ މުވައްޒަފަކު "ތޭރަ އޮންލައިން"އަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ސްކޫޓަރުތައް ގެނެސްފައިވަނީ، ޓައިވާނުންނެވެ. އެގޮތުން ޓައިވާނުގެ ބްރޭންޑެއް ކަމަށްވާ "ގޮގޮރޯ" ބްރޭންޑްގެ 56 ބެޓެރީ ސައިކަލް ގެނެސްފައިވާއިރު އެ ތަކެތީގެ އަގު 370،000 ޔޫއެސް ޑޮލަރަށް ވުރެ މައްޗަށް އަރައެެވެ.

މި ސްކޫޓަރުތައް ގެނެސްފައިވަނީ މަޖިލީހުގެ ކެލާ ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުﷲ ޝަރީފުއާ ސްޓެލްކޯގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ބައެއް އިސްވެރިން ވެސް ބައިވެރިވެގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ސްޓެލްކޯއިން ސައިކަލް ވިޔަފާރީގެ ތެރެއަށް ވަދެފައިވާއިރު އާންމުންގެ ވިޔަފާރިތަކަށް ސަރުކާރުން ވަންނަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ނުރުހުން ވެސް ފާޅުކޮށްފައެވެ. ސަރުކާރުން ވަނީ ދާދި ފަހުން ޓެކްސީގެ ވިޔަފާރީގެ ތެރެއަށް ވެސް ވަނުމަށް ނިންމާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved