March 22, 2026
Advertisement
މުހައްމަދު މަލީހު ޖަމާލް
މުހައްމަދު މަލީހު ޖަމާލް / ތޭރަ އޮންލައިން

ރައީސް ޔާމީންގެ މައްސަލަ އާއި ގުޅިގެން ހޯމް މިނިސްޓަރު ދެއްވި ޖަވާބަށް މަލީހުގެ ރައްދެއް!

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Feb 14, 2024, 06:00 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ބަންދާއި ގުޅިގެން މިހާރުގެ ހޯމް މިނިސްޓަރު އަލީ އިހުސާން ދެއްވި ޖަވާބަށް، ރައީސް ޔާމީންގެ ޕާޓީ ހިންގެވުމުގައި އިސްކޮށް އުޅުއްވާ، މުހައްމަދު މަލީހު ޖަމާލު ރައްދުދެއްވައިފިއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ، ޕީއެންއެފް އޮފީހުގައި އަންގާރަ ދުވަހުގެ ރޭ އޮތް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ހޯމަ ދުަހު ހޯމް ޓީމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާނުވާ ބަންދުތަކާއި ރައީސް ޔާމީނަށް ލުއި ނުދޭން ނިންމީ ކޮން އުސޫލަކުންތޯ ސުވާލު ކުރުމުން މިނިސްޓަރު އިހުސާން ވަނީ އެއްވެސް މީހަކު ވާނުވާ ބަންދެއްގައި ނުހުންނަނެ ކަމަށްވިދާޅުވެފައެވެ. އަދި ވިދާޅުވީ، ރައީސް ޔާމީނަކަށް އެހެން މީހަކަސް ލުޔެއް ނުދެވޭނެ ކަމަށެވެ.

ވާނުވާ ބަންދުގައި އެއްވެސް މީހަކު ނުހުންނާނެ. ތިބުނާ ވާ ނުވާ ބަންދެއްގައި ތިބޭ މީހުންނަކީ ޝަރީއަތް ލަސްވެގެން ނޫނީ މައްސަލަ ބަލަމުންދާތީ ބަންދުގައި ތިބޭ މީހުން. އެއީ ކޮންމެހެން ވާނުވާ ނޭނގި ތިބޭ މީހުންނެއް ނޫން. އަދި ވަކި މީހަކަށް ވީތީ ވަކި ގޮތެއްނުހެދޭނެ.

ހޯމް މިނިސްޓަރު އަލީ އިހުސާން

މިނިސްޓަރު މިފަދައިން ވިދާޅުވުމާއި ގުޅިގެން މަލީހު ވަނީ ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކާފައެވެ.

އެގޮތުން މަލީހު ވިދާޅުވީ، މިނިސްޓަރު ވަނީ ވާނުވާ ބަންދުގައި ތިބޭ މީހުންނާއި ރައީސް ޔާމީނަށްވެސް މި ސަރުކާރުންވެސް ލުޔެއްނުލިބޭނެ ކަމަށް ވިދާޅުވެފައިކަމަށް ފާހަގަކުރައްވާފައެވެ.

މިއަދު މިނިްޓާރު ވިދާޅުވަނީ ވާނުވާ އަކީ ވާނުވާ އެއް ނޭނގޭ އެއްޗެއް ނޫނޭ. ވާނުވާ އެނގެއޭ. ވަކި މީހަކަށްވީތީ ވަކި ގޮތެއް ނުހެދޭނެއޭ. މިއަދުގެ ހޯމް މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީނަށް ދެމުންދާ އަނޔާ މި ސަރުކާރުންވެސް ނުހުއްޓާނަމޭ.

މުހައްމަދު މަލީހު ޖަމާލް

މަލީހު ވަނީ ހޯމް މިނިސްޓަރު އެފަދަ މޭރުމަކުން ދެއްކި ވާހަކަތައް ހަރު7ކަށި އިބާރާތުން ކުށްވެރިކުރާކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މަލީހު ވަނީ މި ސަރުކާރަކީ ރައީސް ޔާމީން މިނިވަން ކުރުމަށް ވޯޓު ދޭށޭ ކިޔައި ވައުދުވެގެން އައި ސަރުކާރެއް ކަމަށްވެސް ފާހަގަކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved