ސަހްޔޫނީންގެ ހަމަލާތަކުގައި ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުން ވަނީ އެފުށް މިފުށަށް ޖެހިފަ-- / އޭއެފްޕީ
ހަބަރު
ސަހްޔޫނީ ޕާސްޕޯޓު މަނާ ނުކޮށް ޣައްޒާއަށް ދޭ ލާއިންސާނީ އުދުވާނުތައް ހުއްޓުވަން ރާއްޖޭން ގޮވާލައިފި
Hussain Nawaf
ހުސައިން ނަވާފް
19 މާރިޗު 2025

ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރުމަށް ގިނަ ބަހަނާތަކެއް ދެއްކުމަށްފަހު ޣައްޒާ އަށް ސަހްޔޫނީން އަނެއްކާވެސް ދެމުންދާ ލާއިންސާނީ އުދުވާނުތައް ވަގުތުން ހުއްޓުވައި ދިނުމަށް ރާއްޖޭން ދުނިޔެއަށް ގޮވާލައިފިއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްވަސްވުމުގެ ދަށުން ޣައްޒާގައި ހަމަލާ ނުދީ ތިބުމަށް ފަހު، ރޭ ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 400 އަށް ވުރެ އިތުރުވެފައިކަން މަސްދަރުތަކުން ރިޕޯޓު ކުރެއެވެ.

އެގޮތުން ފޮރިން މިނިސްޓްރީން މިކަން ކުށްވެރިކޮށްވަނީ ބަޔާނެއް ނެރިފައެވެ.

އެ ބަޔާނުގައި މި ރޯދަމަހުގެ ތެރޭގައި އިޒްރޭލުން ފަށާފައިވާ މި ހަމަލާތަކަކީ ހަމަލާތައް ހުއްޓާލުމަށް ވި އެއްބަސްވުމާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ޤާނޫނާ މުޅިން ހިލާފު އަމަލުތަކެއްކަމަށް ރާއްޖޭން ސިފަކޮށްފައިވެއެވެ.

އަދި އެ މައްސަލައަށް ދެމެހެއްޓެނިވި އަދި އަދުލުވެރި ހައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރެވިގެން ކަމުގައި ރާއްޖޭން ނަގާފައިވާ ސްޓޭންޑު ވަނީ ތަކުރާރުކޮށްފަ އެވެ.

ރާއްޖެއިން ބައިނަލް އަގްވާމީ ދުނިޔޭގައި އަޑު ހަރުކޮށް ފަލަސްތީނުގެ މައްސަލައިގައި ވަކާލާތު ކުރަމުން ގެންދާއިރު އެ ކަމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅައިފައި ނުވެއެވެ. އެގޮތުން ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރާނެކަމަށް ބުނެ ސަރުކާރުން ދޮގު ހަދައި އެކަން ނުކޮށް ގިނަ ބަހަނާތަކެއް ދެއްކުމަށްފަހު ލަސް ކުރާކަން ފާހަގަކޮށްލެވެއެވެ.

ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ސަހްޔޫނީ ޕާސްޕޯޓް މަނާކުރުން އަވަސްނުކޮށް ލަސް ކުރުމާއި ގުޅިގެން ގިނަ އަދަދެއްގެ އާންމުންދަނީ ފާޑު ކިޔަމުންކަން ފާހަގަކޮށްލެވެއެވެ. އަދި ސަރުކާރުން ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރާނެ ކަމަށް ބުނެ ޖެއްސީ ސްޓަންްޓެއް ކަމަށް ގިނަ ރައްޔިތުން ގަބޫލު ކުރެއެވެ.

އެގޮތުން ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރިކަމަށް ދައުލަތުުން ބުނެ ދޮގު ހެދި ފަހުން މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ސަހްޔޫނީންގެ 1541 މީހުން ރާއްޖެ އެތެރެވިކަން މީގެ ކުރިން ހާމަވެފައިވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved